ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަރު ބިންހިއްކުން ނިމުމަކާ ގާތަށް

HFb9XVha8AAquCo
Ads_mulhiraajje

ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކާ ގާތްވެއްޖެއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

އެކުންފުނިން ބުނީ މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %80 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެރަށަށް 20.40 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތްތެވެ.

ނ.މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި 20.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް 91 މިލިޔަން ޚަރަދުކުރެއެވެ. މާފަރު ބިން ހިއްކާ އެރަށަށް އިތުރުކުރާ 20.40 ހެކްޓަރުގެ ބިން ޚާއްސަކުރާނީ އިޤްތިސާދީ ކަންކަމަށެވެ. މީގެއިތުރުން އަލަށް ހިއްކާ ބިމުން ކޮންމެވެސް ބައެއް ބޯހިޔާވަހިކަމަށްވެސް ކަނޑައެޅުމަށްވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާކަމަކަށް އެދުނީ ބިން ހިއްކުމެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފަރުގައި ޤާއިމްކުރި ކަސްޓަމްސްގެ އިމާރާތް ހުޅުވައިފި

Ii

މާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އިފުތިތާހުކޮށްދެއްވަައިފި

ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން ކުރަމުންދާނީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް: ރައީސް