ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަރުގައި ޤާއިމްކުރި ކަސްޓަމްސްގެ އިމާރާތް ހުޅުވައިފި

STO_Ads
TTH_Ads
Advertisement

އަތޮޅުތަކުގައި ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ނ. މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު ޢިމާރާތް ހުޅުވައިފިއެވެ.

މާފަރުގައި ކަސްޓަމްގެ އައު އިމާރާތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

އިންޓަރނޭޝަނަށް އެއަރޕޯޓެއް އޮންނަ މާފަރުގައި ތަރައްޤީކޮށް ހުޅުވާފައިވަނީ އެރަށުގައި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އޮފީސް އިމާރާތެކެވެ. މިއީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހިނގި މަޝްރޫޢެކެވެ. ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށް ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް ހަވާލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

HajjCop_ads
MMA_Ads
Advertisement

“މާފަރު އިންޓަރނޭޝަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިގޮތުން އިތުރުވާ ފްލައިޓްތަކާއެކު، މި ސަރަހައްދަށް އަންނަ ފަސިންޖަރުނާއި މުދަލާއި ގުޅިގެން ކަސްޓަމްސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި މި ހުޅުވުނު އޮފީސް އިމާރާތުގެ މުހިންމުކަން ބޮޑުގެންދާނެ” ފާތިމަތު ދިޔާނާ

މި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި މިއަދަކީވެސް ޚާއްސަ ދުވަހެއްކަމަށެވެ. އެގޮތުން މާފަރުގައި މިހުޅުވުނު ކަސްޓަމްސް އިމާރާތާއެކު އެ ސަރަހައްދުގައި ކަސްޓަމްސްގެ ޚިދުމަތް އިތުރަށް ފުޅާވެ، ހަރުދަނާވެގެންދާނެކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވީ ނ. އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯރޓްތަކެއް ޤާއިމްކުރެވިފައިވާ ސަރަހައްދަކަށްވުމާއެކު، އެތަންތަނަށް ޒިޔާރްތަކުރާ ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށާއި، ރިސޯރޓްތަކަށް ގެންނަ މުދަލުގެ ލިޔެކިޔުން ނިންމާ އަވަހަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ނުހަނު މުހިންމުކަމެއްކަމަށެވެ. އެހެންކަމުން މި އައު އޮފީހުގެ ސަބަބުން އެފަދަ ޚިދުމަތްތަދިނުމުގައި އިތުރު ފުރިހަމަކަން އަންނާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ކަސްޓަމްސް މަސައްކަތް ހަރުދަނާކޮށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ލަފާފުޅާއި އިރުޝާދު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މާފަރުގައި މިހުޅުވި ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އޮފީހުގައި މައިގަނޑުގޮތެއްގައި ކުރިއަށްދާނީ ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި އެ އެއަރޕޯޓް މެދުވެރިކޮށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ މުދަލާއި ގުޅިގެން ކަސްޓަމްސްއިން ނިންމަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނިންމުމާއި، އެކަންކަން ކަންކަން ވިލަރެސް ކުރުމުގެ މަސައްކަތެވެ.

8.66 މިލިޔަން ރުފިޔާގެ މަޝްރޫއެއްގެ ދަށުން ގާއިމްކުރި މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގައާއި، 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއަކާއެކު، މީޓިންގ ރޫމެއް ހިމެނޭނެއެވެ. މާފަރުގައި ގާއިމްކުރި މި އިމާރާތަކީ ކަސްޓަމްސްގެ މަސައްކަތަށް އެންމެ އެކަށޭނަގޮތަށް ފަރުމާކުރެވި، ޤާއިމްކުރެވިފައިވާ އިމާރާތެއްކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި އިމާރާތާއެކު އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަން ކަސްޓަމްސްއިން ފާހަގަކުރައްވައެވެ. މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އައު އިމާރާތް އެޅުމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާއްތަކަށް ހަދާނީ ފިލާވަނީ ހަދިޔާކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HIlu5CVakAAe6fH

ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލާގަނެވި

customs

ވައިގެ މަގުން އެތެރެކުރި ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

HFb9XVha8AAquCo

މާފަރު ބިންހިއްކުން ނިމުމަކާ ގާތަށް

Igmh

ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރާއި ކަސްޓަމްސްގެ ކޮމިޝަނަރު މަޝްވަރާކުރައްވައިފި