ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

HRxmc3TaAAAI KT
STO_Ads
Maldivian_Ads
TTH_Ads
Advertisement

ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ  މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ.  މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުން ގުޅިގެން ކުރަމުންދާ އަދި ކުރިއަށްއޮތްތަނުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ތަރައްގީގެ ދާއިރާއަށް އެއްބާރުލުން ދިނުމާއި، ކުރިއަށްގެންދިއުމަށް ރާވަމުންދާ އަދި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

ބައްދަލުވުމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޙިއްސާކުރައްވަމުން ވަޒީރު ހަސަން ޒަރީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަބޫދާބީ ފަންޑުން ދެމުންދާ އެހީތެރިކަމާއި، ދެ ފަރާތުގެ ދެމެދުގައިވާ ގުޅުމަށްޓަކައި އެ ފަންޑަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަޒީރު ހަސަން ޒަރީރު އަބޫދާބީ ފަންޑާ ބައްދަލުކުރައްވާފައިވާއިރު، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، މަޝްރޫޢުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫޢުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަބޫދާބީ ފަންޑަކީ 1976 އިން ފެށިގެން ރާއްޖެއަށް އެހީތެރިވަމުން އަންނަ ފަރާތެކެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިގުތިޞާދީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަަށް އަަބަދުވެސް އެފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance ministry

އެންމެ ބޮޑު އާމްދަނީއެއް އިމްޕޯޓު ޑިއުޓީން

minister hassan zareer

ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅާނެ: ޒަރީރު

finance

ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެ

minister Zareer

ކުންފުނިތައް ރައިޓްސައިޒް ކުރާއިރު މުވައްޒަފުން ވަކިކުރަމުންދަނީ ރިޑަންޑަންސީ ޕްލޭންތައް ހުށަހަޅައިގެން: ޒަރީރު