އެމް.ޑީ.ޕީގެ ފަސް އަހަރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވަޒީު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ އެމް.ޑީ.ޕީގެ ފަސް އަހަރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށް 36,729 އަށް އުފުލިފައިވާ ކަމަށެވެ. އަދި 2019 އާއި 2023 އާ ދެމެދު ސަރުކާރު ކުންފުނިތަކަށް 18,053 މުވައްޒަފުން އިތުރުވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޒީރު ވިދާޅުވީ މިއީ އެ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ.
ކުންފުނިތަކަކީ އެކަށީގެންވާގޮތަށް ހިންގަމުން އަންނަ އަދި ކުންފުނީގެ ހަރަދުތަކަކީ ދެކޮޅު ޖެހޭ ހަރަދުތަކަށް ހެދުމަށް އަދި ކުންފުނިތައް ރަނގަޅަށް ހިންގުމަށް އެވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދޭންޖެހޭ ލަފާ ދެމުން އަންނަނީ.
Advertisement
މާލީ ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީ.ސީ.ބީ މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދީފައިވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ފަދަ އިރުޝާދުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދެވޭ އިރުޝާދުތަކެއް ކަމަށާއި، އެއީ ވަކިވަކި މުވައްޒަފުންނާ ގުޅޭގޮތުން ނުވަތަ ކުންފުނިތަކުގެ ކޮންމެ ދުވަހެއްގެ އިދާރީ ހިންގުމަށް ދެވޭ އަމުރުތަކެއް ނޫން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ގެ ނިޔަލަށް ވަނީ 36,729 އަށް އިތުރުވެފައެވެ. މިހާރު މި އަދަދު ހުރީ 41,667 ގައެވެ. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ހުރި އަދަދަށްވުރެ 4,938 މުވައްޒަފުން ނުވަތަ 13 އިންސައްތައިގެ އިތުރުވުމެކެވެ. އެމްޑީޕީ ސަރުކާރުގައި އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން، އެމުއްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ސަރުކާރު ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި 634 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.









ކިޔުންތެރިންގެ ހިޔާލު