ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކުރި

masverin
Maldivian_Ads
TTH_Ads
STO_Ads
Advertisement

މަސްވެރިން ކިރުވި މަހަށް މިދިޔަ މަހު 49.7 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން ބުނީ މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު އިތުރުވެ، މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން މިދިޔަ މަހު މިފްކޯއަށް 822 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 59 އިންސައްތަ އިތުރު އަދަދެކެވެ. ޖޫން މަހު މިފްކޯއަށް 517 ދޯންޏަކުން ވަނީ، މަސް ކިރުވާފައެވެ. މިފްކޯއަށް މަސް ކިރުވި ދޯނީގެ އަދަދު އިތުރުވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް މުޅި ޖުމްލަ 2،474 ޓަނުގެ މަސް ކިރުވާފައިވެއެވެ. ޖޫން މަހު މިފްކޯއަށް ކިރުވާފައިވަނީ، 568 ޓަނުގެ މަހެވެ. އެހެންކަމުން މިއީ 335.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ މަހު މަސްވެރިންނަށް މުޅި ޖުމްލަ 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ މަހު ދޫކޮށްފައިވަނީ 11.3 މިލިޔަން ރުފިޔާއެވެ. މިއީ، 339 އިންސައްތައިގެ އިތުރުވުމެކެވެ.

HajjCop_ads
Advertisement

މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި މީގެކުރިން ލަސްތަކެއް ދިމާވި ނަމަވެސް މިހާރު 48 ގަޑިއިރު ތެރޭގައި ދަނީ، ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HSEwq3va4AAfplB

މިދިޔަ ހަފްތާގައި އިތުރު 4 ކަނދުފަތި އަޅައިފި

އެގްރޯނެޓް މިފްކޯގެ ދަށަށް: ދެ ކުންފުނީގެ ހިންގުން ތަރުތީބުކުރުމުގެ މަސައްކަތް ފަށައިފި

FHAM

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

Main 20250410

މިހާތަނަށް 99 ކަނދުފަތި އަޅައިފިން: މަސްވެރިކަމާބެހޭ ވުޒާރާ