ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެގްރޯނެޓް މިފްކޯގެ ދަށަށް: ދެ ކުންފުނީގެ ހިންގުން ތަރުތީބުކުރުމުގެ މަސައްކަތް ފަށައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދެ ކުންފުނީގެ ހިންގުން ތަރުތީބުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.

މިކަމާ ގުޅިގެން ދެ ކުންފުނީގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުން މިހާރު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ކުންފުނީގެ މަސައްކަތްތައް އެއް އަމާޒަކަށް ގެނައުންކަމަށް މިފްކޯއިން ބުންޏެވެ. އަދި ދެ ކުންފުނި ގުޅިގެން މަސައްކަތްތައް ބައްޓަންކުރަމުންދަނީ ރާއްޖޭގެ އުފެއްދުންތެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ގައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް އެ ކުންފުނިން ބުންޏެވެ.

HajjCop_ads
Advertisement

އެގްރޯ ނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ނިންމީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަން ހާމަކުރެއްވީ މި މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ވިދާޅުވީ އެގްރޯ ނެޓް ކުންފުނި މިފްކޯގެ ދަށަށް ބަދަލުކުރެވިގެންދިއުމާއެކު ދަތުރުވެރީންގެ މާރުކޭޓް ހުރި ބިމުގަ އެޅުމަށް ތައްޔަރުވަމުންދާ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ހިންގުން މިފްކޯގެ ދަށަށް ބަދަލުކުރެވި މަސްވެރިންނާއި ދަނޑުވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 10 އަށް ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ބަދަލުގެ ބޭނުމަކީ ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mifco

މިފްކޯއިން މިއަދު މަސް ގަންނަނީ ކިލޯއެއް 21ރ އަށް

masverin

މިދިޔަ މަހު ކިރުވި މަހަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

Shiyam

ރާއްޖެއިން އެކްސްޕޯޓްކުރާ މަސް މިހާރު ރިޖެކްޓް ނުވާނެ: ޝިޔާމް

mifco

މިފްކޯއަށް މަސްގަންނަ އަގު ބޮޑުކޮށްފި، މިއަދު ކިލޯއެއް 22ރ އަށް