ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލައް ސިޓީގެ ކަރަންޓާއި ކުނީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

Img md 202607311259421785484782.1493
STO_Ads
TTH_Ads
Maldivian_Ads
Advertisement

ފުވައްމުލައް ސިޓީގެ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ހުރި މުހިންމު ކަންބޮޑުވުންތަކާ ގުޅޭ ގޮތުން، އެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލް މެންބަރުން, ތިމާވެއްޓާ ބެހޭ ވަޒީރު އަލީ ޝަރީފާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، އެ ސިޓީއަށް ކުރިމަތިވެފައިވާ ކުނި މެނޭޖުކުރުމުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުންނެވެ.

މިނިސްޓަރު ޢަލީ ޝަރީފް ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައި، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ކައުންސިލާ ހިއްސާކުރައްވާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ދަނޑުވެރިކަމުގައި ތިމާވެއްޓާ ރައްޓެހި ކެމިކަލް ބޭނުންކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ކައުންސިލް މެންބަރުން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން، އެ ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެން، ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެއްވިއެވެ.

މި ބައްދަލުވުމަކީ ފުވައްމުލައް ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުނު މުހިންމު ބައްދަލުވުމެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

1788094832286 ije1o6

ފުވައްލަކު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް

ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް

ނެއްލައިދޫގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި