މިރެއާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ އިއްޔެއާއި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށެވެ އެއީ 84 މިލިމީޓަރުގެ ވާރެއެވެ. މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާގޮތުގައި ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ގަޑިއަކު 46 މޭލު ބާރުމިނަށް ލ. ކައްދޫއަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ.

މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު