ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫރަޕްގެ 55 ޤައުމަކުން ވޯލްޑް ކަޕާއި ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓްކޮށްފި

Uefa president says turkiye has proven itself as major football host 3220331
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ވޯލްޑް ކަޕާއި ފީފާއިން ހިންގާ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓުކޮށްފިއެވެ.

ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި ޕްރޮޖެކްޓުގެ ބައިތަކުގެ ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލަން ފީފާއިން އުޅޭ މައްސަލާގައި ޔޫއެފާގެ 55 މެންބަރު ގައުމުން ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓުކުރަން ނިންމީ ޔުއެފާއިން ބޭއްވި އިމަޖެންސީ ބައްދަލުވުމުގައެވެ.

މީގެ މައިގަނޑު ސަބަބަކީ މުބާރާތްތައް ބާއްވަން ފީފާއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އޭގެ 20 ޕަސެންޓް ވިޔަފާރި ވެރިންނަށް ވިއްކާލަން ނިންމާފައިވާތީއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ ފީފާގެ މެމްބަރު 211 ގައުމަށް އިތުރު ފައިސާ ހޯދުމަށް ކުރާ ކަމެއްކަމަށެވެ. ނަމަވެސް މިކަމާ ޔޫރަޕާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އެ ފަރާތްތަކުން ބުނަނީ މިއީ ފުޓްބޯޅައިގެ ބައެއް ވިއްކާލުން ކަމަށާއި މީގެ ސަބަބުން ފުޓްބޯޅަ އަށް ތަފާތު ނުފޫޒު ވަދެ ފީފާގެ ބާރު ކެނޑޭނެ ކަމަށެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިންފަންޓީނީގެ ޕްލޭންގެ އަޑީގައި ހުންނެވީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕެވެ. މި ގޮތުން ފީފާއިން އުދައްފަން ނިންމާފައިވާ ވިޔަފާރި ކުންފުންޏަށް އިންވެސްޓް ކުރަން ނިންމާފައިވަނީ ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ އެމެރިކާގެ ވިޔަފާރިވެރިންނެވެ. އަދި މިއީ ފީފާގެ ރައީސް ކަމަށް ފަހު އިންފަންޓީނޯ އަށް ބޮޑު ވަޒީފާއަކާއި އާމްދަނީ ލިބެނެ ވަސީލަތެއް ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

HajjCop_ads
Advertisement

ފީފާގެ މެންބަރު ގައުމުތަކަށް އިންފަންޓީނޯ ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ ޕްލޭނަށް އެއްބަސްވާނަމަ އެކަން އަންނަ ސެޕްޓެމްބަރު މަހުގެ 19ގެ ކުރިން އެންގުމަށެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް އިތުރު ފައިސާ ލިބޭނެ ކަމަށެވެ.

ވޯލްޑް ކަޕަކީ ވިއްކާލެވޭނެ އެއްޗެއް ނޫން. މިއީ އެތައް ޖީލެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބިނާކޮށްފައިވާ ތަރިކައެއް.

ޔޫއެފާއިން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ޔޫއޭފާއިން ބުނީ ވޯލްޑް ކަޕަކީ ވިއްކާލެވިގެންވާނެ އެއްޗެއްނޫން ކަމަށާއި އޭގެ ބައެއް ވިއްކާލައިފި ނަމަވެސް ފީފާގެ ބާރު ކެނޑޭނެ ކަމަށެވެ.

 ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް ޕްރޮޑަކްޓެއްގެ ގޮތުގައި އަމަލެއް ނުކުރެވޭނެ. އެއި ފުޓްބޯޅައިގެ އެންމެ ބޮޑު ލެގަސީތައް ޝާމިލުވާ ކަމެއް. އެއީ، އެތައް ޖީލެއްގެ ބައިވެރިވުމާ އެކު، ކުޅުންތެރިންނާއި ގައުމީ ޓީމުތަކުންނާއި ސަޕޯޓަރުން އެކުވެގެން ބިނާކުރި އެއްޗެއް.

ޔޫއެފާގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

މީޑިޔާތަކުން ތުހުމަތު ކުރާ ގޮތުގައި ޔޫރަޕުން މިހާރު ދަނީ އިންފަންޓީނޯގެ ބަދަލުގައި ފީފާގެ ރައީސް ކަމަށް ވާދަ ކުރާނެ މީހަކު ހޯދަން މަސައްކަތް ފަށައިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2026 08 13T094344Z 583864029 RC2VTMA5TI8B RTRMADP 3 SOCCER ASIA INFANTINO

ފީފާ އިޞްލާހުކުރަން އިންފަންޓީނޯ ފޮނުވި ސިޓީއަކީ އިންތިޚާބީ މަކަރެއް

Skynews infantino fifa

އިންފަންޓީނޯގެ ރާގު ބަދަލުވެ، ފީފާ އިޞްލާހުކޮށްދޭން އެދިއްޖެ

2026 08 23T192114Z 521380084 RC2J4NAR5755 RTRMADP 3 FRANCE SAUDI

އިންފަންޓީނޯއާ ދެކޮޅަށް ނެރޭނީ ޔޫރަޕް މީހެއް: ޔުއެފާ

4554763

އިންފަންޓީނޯއަށް ކުރަމުންއައި ތާޢީދު ފްރާންސުން އަނބުރާ ގެންގޮސްފި