ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ ފުރަތަމަ 6 މަސްދުވަހު ލޯނުތައް އަނބުރާ ދައްކަން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

finance
Maldivian_Ads
TTH_Ads
STO_Ads
Advertisement

އަހަރުގެ ފުރަތަމަ 6 މަހު ލޯނުތައް އަނބުރާ ދެއްކުމަށް ދަޢުލަތުން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފިއެވެ.

އާންމުކޮށްފައިވާ މާލީ ވުޒާރާގެ މަންތުލީ ފިސްކަލް ޑިވޮލޮޕްމެންޓް ރިޕޯޓުގައި ވަނީ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރު 12.9 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށްފައެވެ. ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ ފުރަތަމަ 6 މަހު މުޅި ޖުމްލަ 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ޚަރަދުކޮށްފައިވަނީ 3.3 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 178 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މިދިޔަ މަހު މިކަމަށް ކުރި ޚަރަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ޖޫންމަހުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމަށް ދަޢުލަތުން 288 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަަމަށް ޚަރަދުކުރި 697 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 58 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރު ބޮޑެތި ލޯނުތައް ދެއްކުމުގައިވެސް ބޭނުންކުރީ އެސްޑީއެފް ފަންޑަށް ޖަމާކޮށްފައިވާ ފައިސާއެވެ.

HajjCop_ads
Advertisement

ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

410818 bb529946 1

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިޞްލާޙުކުރަނީ

471601 6fc0382f 2

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭ: ރައީސް

Big GhhokSQJLn1KJ3kPmWSwfJxSp

މިހާތަނަށް 200އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފި: ތަރުޖަމާން