ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

QQE6U73G7VLQFAQV6RS5CL324U
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފުޓުބޯޅާއިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާންކުރި ކޮމާޝަލް ސަބްސިޑިއަރީ އުފެއްދުމުގެ ޕްލޭނަށް ތާއިދުކުރާ މެމްބަރު ކޮންމެ ގައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ލިބޭނެކަމަށް ބުނެފިއެވެ. އެ ޕްލޭނާ ބެހޭގޮތުން ފީފާގެ 211 މެންބަރު ގައުމަށް، އިންފަންޓީނޯ ވަނީ ސިޓީއެއް ފޮނުވާފައެވެ.

ފީފާގެ ރައީސް އެ ޖަމްއިއްޔާގެ މެންބަރު ޤައުމުތަކަށް ފޮނުވާފައިވާ ސިޓީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދަނީ ދައުރުކުރަމުންނެވެ. އެ ސިޓީގައި ބުނެފައިވަނީ ބުނެފައިވާ ގޮތުން އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަމަށް ތާއިދުކުރާ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އެޑްވާންސްގެ ގޮތުގައި ލިބޭނެކަމަށެވެ. އެޖަމްއިއްޔާއިން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތައް ކަމަށްވާ ފުޓްބޯޅަ ހިންގުމާއި، މުބާރާތްތައް ރޭވުމާއި، މެޗުތަކުގެ ކަލަންޑަރާއި އަދި ކުޅިވަރާއި ގުޅުންހުރި ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު ކުރިއަށް އޮތްތާނގައިވެސް އޮންނާނީ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ އެޖަމްއިއްޔާގެ އަތުގައެވެ. ނަމަވެސް މިކަމާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާ އިން ވަނީ ތެދުވެ އެކަމާއި ދެކޮޅަށް މަސައްކަތް ފަށާފައެވެ. އެގޮތުން ޔޫއެފާ އިން ބުނެފައިވަނީ މިހުށަހެޅުމާއެކު ފީފާއިން މިވަނީ ފުޓްބޯޅަ ހިންގާ އެއްވެސް އިދާރާއަކުން ހުރަސް ކުރަން ނުޖެހޭ ރޮނގެން ހުރަސްކޮށްފައެވެ.

ޔުއޭފާއިން ބުނެފައިވަނީ އެއިދާރާއިން އަންނަނީ މިކަން ވަރަށް ސީރިއަސްކޮށް ބަލަމުން ކަމަށެވެ. އަދި ފީފާގެ މެންބަރު ހުރިހާ އެސޯސިއޭޝަންތަކުންވެސް މިކަމާ މެދު ސަމާލުވާން ޖެހޭކަމަށާއި ލީގުތަކާއި ކްލަބް ތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ސަރުކާރުތަކާއި އަދި ކުޅިވަރުގެ ކުރިމަގަށް ހެޔޮއެދޭ އެންމެންވެސް ވިސްނަން ޖެހޭނެކަމަށް ޔުއެފާއިން ބުންޏެވެ.

HajjCop_ads
Advertisement

ފުޓްބޯޅައިގެ ރޫހާއި ހިންގުމަކީ ވިޔަފާރިކުރެވޭނެ އެއްޗެއް ނޫންކަމަށް ޔުއެފާއިން ބުންޏެވެ.

ލީކުވެފައިވާ މި ސިޓީގައި ބުނެފައިވާ ގޮތުން މިކަމަށް އެއްބަސްވާ މެމްބަރު އެސޯސިއޭޝަން ތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ލިބޭނެކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Download

ފީފާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލާނެކަން އިންފަންޓީނޯ އިޢުލާންކޮށްފި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

Images

އިންފަންޓީނޯގެ ޝުކުރާއި ތަޢުރީފް މެސީއަށް

2026 08 13T094344Z 583864029 RC2VTMA5TI8B RTRMADP 3 SOCCER ASIA INFANTINO

މާލީގޮތުން ތަނަވަސް ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ރަނގަޅުގޮތްވާކަށް ނޭދޭ: އިންފަންޓީނޯ