ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީފާ އިޞްލާހުކުރަން އިންފަންޓީނޯ ފޮނުވި ސިޓީއަކީ އިންތިޚާބީ މަކަރެއް

2026 08 13T094344Z 583864029 RC2VTMA5TI8B RTRMADP 3 SOCCER ASIA INFANTINO
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ހިންގުން އިސްލާޙުކުރުމަށް ޖިއާނީ އިންފަންޓީނޯ ގޮވާލި ގޮވާލުމަކީ އިންތިޚާބު ކާޟިޔާބުކުރުމަށް ހެދި ބޮޑޫ މަކަރެއްކަމަށް ޖަރުމަންވިލާތުގެ އެފްއޭއިން ބުނެފިއެވެ.

ފިފާގެ މިހާރގެ ރައީސް ވަނީ އެ ޖަމާޢަތުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި ޤައުމުތަކުގެ ސަޕޯޓު ހޯދަން ފަށްޓަވާފައެވެ. ފީފާގެ މެމްބަރު 211 ގައުމަށް ފޮނުވި ސިޓީގައި އިންފަންޓީނޯ އެދިވަޑައިގެންފައިވަނީ ފީފާ ކައުންސިލް މެދުވެރިކޮށް، ފީފާގެ މެމްބަރުން އެޖަމާއަތުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު ހިޔާލު ދިނުމަށާއި އެކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ފީފާގެ ހިންގުން ހަރދަނާ ކުރެވޭނެ ގޮތްތައް ހޯދަން މެމްބަރު ގައުމުތަކާއެކު މަޝްވަރާކުރާނެ ދާއިރާތަކަކީ އެ ޖަމާއަތުގެ ހިންގުމާއި ރައީސަށް ލިބިގެންންވާ ބާރުތަކާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރޭގައި ފީފާ އާއި ފީފާގެ ރައީސް މަސައްކަތް ކުރާނެ ގޮތްތަކާއި ޒިންމާދާރު ކުރުވޭނެ ގޮތްތަކާ މެދު ކަމަށެވެ.

އިންފަންޓީނޯގެ ސިޓީއަށް ރައްދު ދެއްވަމުން ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ފީފާ ކައުންސިލްގެ ވެސް މެމްބަރު ބާންޑް ނިއުއެންޑޯފް ވިދާޅުވީ ފީފާ އިސްލާހު ކުރަން ޖެހޭކަން އިންފަންޓީނޯ ވިދާޅުނުވިޔަސް އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި އިންފަންޓީނޯ އަކީ މިހާރު އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ފީފާ އިސްލާހު ކުރާނަމަ އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނަވަން އިންފަންޓީނޯ މިހާރު ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

HajjCop_ads
Advertisement

ފީފާ އިސްލާހު ކުރަންޖެހޭކަން އިންފަންޓީނޯ ސިޓީ ނުފޮނުވިޔަސް އެނގެ. އެއީ ކުރަން ޖެހިފައިވާ ކަމެއް. ދެން އިންފަންޓީނޯ އަކީ މި މަސައްކަތް ކުރާއިރު ފީފާގައި ހުންނަންޖެހޭ މީހެއް ނޫން. މިއީ އިންތިހާބު ކާމިޔާބު ކުރަން ކުރާ ކަމެއް.

ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ވިދާޅުވިއެވެ.

ފީފާގެ ރައީސްކަމަށް އިންފަންޓީނޯ އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މާބޮޑު ވާދަވެރިކަމެއްނެތި ފީފާގެ ރައީސްކަން ކުރައްވަމުން ގެންދެވި އިންފަންޓީނޯއަށް މައްސަލަތައް ދިމާވީ މިދިޔަ ޖުލައި މަހު އެމެރިކާގައި ނިމުނު ވޯލްޑް ކަޕަށް ފަހުއެވެ. އެއީ އެ މުބާރާތަށް ފަހު ވޯލްޑް ކަޕް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ބައެއް ވިޔަފާރިވެރިންނަށް ވިއްކާލަން އުޅުއްވުމުންނެވެ. މިކަމަކީ ފީފާގެ ކައުންސިލާ ވެސް މަޝްވަރާ ކުރުމެއްނެތި އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް އިންފަންޓީނޯ ވަނީ ޕްރެޝަރު ބޮޑުވުމުން އިއުތިރާފްވެވަޑައިގެންފައެވެ.

މިއާއެކު އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށާއި އޭނާގެ ބަދަލުގައި އަންނަ މާޗު މަހު ފީފާގެ ރައީސް ކަމަށް އައު ބޭފުޅަކު ހޮވަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Skynews infantino fifa

އިންފަންޓީނޯގެ ރާގު ބަދަލުވެ، ފީފާ އިޞްލާހުކޮށްދޭން އެދިއްޖެ

2026 08 23T192114Z 521380084 RC2J4NAR5755 RTRMADP 3 FRANCE SAUDI

އިންފަންޓީނޯއާ ދެކޮޅަށް ނެރޭނީ ޔޫރަޕް މީހެއް: ޔުއެފާ

4554763

އިންފަންޓީނޯއަށް ކުރަމުންއައި ތާޢީދު ފްރާންސުން އަނބުރާ ގެންގޮސްފި

Download

ފީފާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލާނެކަން އިންފަންޓީނޯ އިޢުލާންކޮށްފި