މިއަހަރު އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބުނީ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަމަށެވެ. އެހެންކަމުން އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުންފުނިންވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ.

މިގޮތުން ވެމްކޯގެ ޚިދުމަތް ފެށުމަށް ހަވާލުކޮށްފައިވާ 26 ރަށުގެ ކައުންސިލްތަކާއި މަޝްވަރާކޮށް، އިދާރީ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައްކަމަށް ވެމްކޯއިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ވެމްކޯއިން ބުނީ މިހާރު މަސައްކަތްކުރަނީ މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްކަމަށެވެ.

ރާއްޖޭގެ ހުރިހާ ސިޓީތަކަކާއި ބައެއް ބޮޑެތި ރަށްރަށުގައި މިހާރު ވެމްކޯގެ ޚިދުމަތް ވަނީ ފަށާފައެވެ.