ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

MPL
STO_Ads
TTH_Ads
Advertisement

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުގެ މުހިންމު ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، ތިލަފުށީގައި އާ ބަނދަރުގެ އޮޕަރޭޝަންތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކުގެ ބޮޑު ބައެއް، ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުވެގެންދާނެއެވެ. ބަނދަރުގެ ބާކީ ހުރި މަސައްކަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަހައްދުގައި ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާ ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިޖިޓަލައިޒް ކުރެވިގެން ކަމަށާއި، ތިލަމާލެ ބްރިޖުގެ މަސައްކަތް ނުނިމުނު ނަމަވެސް، ކޮންޓެއިނަރު އޮޕަރޭޝަންތަކާއި ރޯރޯ ފެރީގެ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށިން އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މިހާރު މާލޭގައި ހުރި ބަނދަރަށްވުރެ 10 ގުނަ ބޮޑު ބިމެއްގައި ގާއިމުކުރާ ތަނެކެވެ. އަދި މި ބަނދަރުގެ މަގަތުފާލަން މިހާރުގެ ފާލަމަށްވުރެ ތިން ގުނަ ދިގުވާނެއެވެ. މި މަޝްރޫއުގެ ސަބަބުން މުދާ ބަރުކުރުމާއި ބޭލުމުގެ މަސައްކަތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، މުދަލުގެ އަގު ހެޔޮވެ، ރާއްޖޭގެ އިގްތިސޯދު ފުޅާވެގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heena

އުތީމުގައި ތަރައްޤީކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

469260 889edeab b

2027 ވަނަ އަހަރަކީ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ނިމޭނެ އަހަރު: ރައީސް

ChatGPT Image Aug 13, 2026, 02 55 31 PM

ސްޓޭޓް މިނިސްޓަރު ލަތީފް މަގާމުން ވަކިކުރައްވައިފި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ