ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ

STO
TTH_Ads
STO_Ads
Advertisement

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ރިޕޯޓުން ދައްކައިފިއެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި ނޫސްބަޔާނުގައި ހިމަނާފައިވާ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީއަކީ 6.98 ބިލިއަން ރުފިޔާއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނިގޮތުގައި، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ.

HajjCop_ads
Advertisement

ތެލުގެ އަގު މަތިވުމާއެކު އާމްދަނީ އިތުރުވިޔަސް ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ދަށްވެފައިވާކަން އެސްޓީއޯގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ޖުމްލަ ފައިދާ ދަށްވީ، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން، ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއެކު، ޖުމްލަ ފައިދާއަށް ކުރި އަސަރު ވަނީ ކުޑަވެފައެވެ. އެގޮތުން، ދެވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން އެސްޓީއޯއަށް ލިބިފައިވެއެވެ.

“ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއިއެކު ދެވަނަ ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 280 މިލިއަން ރުފިޔާ ލިބިފައެވެ.” އެސްޓީއޯގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެވަނަ ކުއާޓަރުގެ ރިޕޯޓް އެސްޓީއޯއިން އާންމުކުރިއިރު، އެސްޓީއޯއިން ވަނީ ކުންފުނީގެ މަސައްކަތުގައި ބައިވެރިވާ ވިޔަފާރީގެ ހުރިހާ އެންމެންނަށް ޝުކުރުއަދާކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202607200737531784558273.0734

ޕިލިޕްސް ބްރޭންޑްގެ އޭސީ އެސްޓީއޯ ޕީޕަލް ޗޮއިސްއިން ލިބޭނެ

Io

ފިލިޕްސް ބްރޭންޑްގެ އޭސީތައް އެސްޓީއޯއިން މިހާރު ލިބޭނެ!

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު

Sstv FORM FOR EC

އެސްޓީއޯއިން ފިޔާގެ އަގު ހިފަހައްޓައި، އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށަނީ