ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް

6745be31 9f7b 4135 ae94 f9cffbfef23b
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން އިންޖީނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.

ކޮންމެ އަހަރެއްގެވެސް އޮގަސްޓު 30 ވަނަ ދުވަހު ފާހަގަކުރާ އިންޖީނިއަރުންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯގެ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ބޭއްވި މި އިވެންޓުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްގެ އިތުރުން އެސްޓީއޯއާއި އެމްއެންޔޫގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިވެންޓުގެ ތެރެއިން އެސްޓީއޯއިން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ކުރަމުންދާ މަސައްކަތްތަކާ މެދު ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށްފަހު، ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސައިޓް ވިޒިޓްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

HajjCop_ads
Advertisement

އެގޮތުން އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށާއި، ކޮންކްރީޓް ލެބާއި، މަކިޓާ ޝޯރޫމްގެ އިތުރުން ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގ ޓެކްނޮލޮޖީ މަސައްކަތްކުރާ ސަރަޙައްދަށް ދަރިވަރުން ޒިޔާރަތްކުރިއެވެ. މީގެއިތުރުން އިންޖީނިއަރިންގގެ ފަންނީ ބޮޑު މަސައްކަތެއް ކަމަށްވާ އެލެވޭޓަރ ނުވަތަ ލިފްޓް އިންސްޓޯލްކުރާ ސައިޓަކަށް ގޮސް، އަމަލީގޮތުން އެ މަސައްކަތް ކުރާ ގޮތްވެސް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

Hassan

ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަނީ، އެކަމަކު ބޭނުންވަރަކަށް އެސްޓީއޯއިން ލިބޭ!

ސަޅިއޭ މަކީޓާ: އެސްޓީއޯގެ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ހެލްތު ކެއަރއިން ސްކޭން މޮޑެލްތަކެއް ތަޢާރަފްކޮށްފި