ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަނީ، އެކަމަކު ބޭނުންވަރަކަށް އެސްޓީއޯއިން ލިބޭ!

Hassan
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބާޒާރުގައި ބިސް ނުލިބޭ ކަމަށް ބުނެ ކަންމަތީ ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަމުންދިޔަ ނަމަވެސް، އެއްވެސް ދަތިކަމެއް ނެތި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ބިސް ފޯރުކޮށްދެމުންދާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިކަން ހާމަކުރީ ބާޒާރުގައި ބިސް ލިބުން ދަތިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ރޭންޖުން ބިސް ހުސްނުވެ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލޭގެ ގިނަ ކަންމަތީ ފިހާރަތަކުން މިހާރު ވަނީ އާންމުންނަށް ބިސް ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފައެވެ. އެ ފިހާރަތަކުން ބުނަމުންދަނީ ހޯލްސޭލް މާރުކޭޓުން ބިސް ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކޮންމެ މީހަކަށް ވިއްކެނީ ވަކި މިންވަރަކަށް ކަމަށެވެ.

HajjCop_ads
Advertisement

ނަމަވެސް އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އައުޓްލެޓްތަކުންނާއި ހޯލްސޭލް ސެންޓަރުތަކުން އެއްވެސް ހުރަހެއް ނެތި ބިސް ލިބެން ހުރި ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު އުފުލުނަނުދީ ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ ސްޓޮކެއް އެތެރެކޮށް ވިއްކަމުންދާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އާންމުކޮށް ބާޒާރުގައި ތަކެތީގެ ދަތިކަން އުފެދޭ ހާލަތްތަކުގައި އެސްޓީއޯއިން ދަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް ދަތިކަމެއް ނެތި ބިސް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HBa38dCbcAIBKjj

އަސާސީ 80 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ފޯރުކޮށްދޭން ފަށައިފި

Big

“އަމުލް” ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯއިން ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ