އެމެރިކާ ސިފައިންނާ ގުޅިގެން އިރާގުގެ އުތުރަށް ވައިގެ ހަމަލާތައް ދިނީ އަމިއްލަ ދިފާއުގައި ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

އެމެރިކާއާއި ސައުދީ ސިފައިން ގުޅިގެން  ވައިގެ ހަމަލާތައް ދީފައިވަނީ އީރާނުގެ މަދަދާއެކު އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕްތައް ހިމެނޭ އިއްތިހާދު ނުވަތަ ޕޮޕިއުލަރ މޯބިލައިޒޭޝަން ފޯރސަސްގެ މައި ހެޑް ކްއާޓަރަށާއި، ހަތިޔާރު ގުދަންތަކަާއި ލޮޖިސްޓިކްސް ސައިޓްތަކަށް ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި، އަންބާރު ޕްރޮވިންސާއި، ބާބިލާއި، ދިޔާލާއާއި ބަސަރާގެ ތަންތަން ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

ޕޮޕިއުލަރ މޯބިލައިޒޭޝަން ފޯރސަސްއިން ބުނެފައިވަނީ، މިހަމަލާތަކުގައި އެ އިއްތިހާދުގެ 10 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވި ކަމަށެވެ.

ޕޮޕިއުލަރ މޯބިލައިޒޭޝަން ފޯރސަސްގެ ތަންތަނަށް އެމެރިކާއާއި ސައުދީން ހަމަލާ މިދިނީ، އެ ގްރޫޕްތަކުން ސައުދީ އަރަބިއްޔާގެ އީސްޓަން ޕްރޮވިންސާއި، ވެރިރަށް ރިޔާޟްގައި ހުންނަ ސައުދޫ ތެލުގެ ސިނާއަތުގެ ތަންތަނަށް ދެމުންގެންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ، އީރާނުން  ވާގިވެރިރާ ޕީއެމްއެފުން ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ސައުދީ ރަށްތަކަށް 30 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހަމަލާތަކުގައި އެމީހުން ބައިވެރިވީ އެމެރިކާ ސިފައިންގެ ތަންތަނަށްވެސް ހަމަލާދޭތީ ކަމަށެވެ.

ސައުދީ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ކުރިމަތިލުމަކަށްދާން ސައުދީން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސައުދީގެ ތަންތަނަށް އިތުރު ހަމަލާތައް ދީފިނަމަ ރައްދު ދިނުމުގެ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާ އަދި ސައުދީ ސިފައިން ގުޅިގެން ދިން މި ހަމަލާތަކާ ގުޅިގެން އީރާނުން އަދި ވަކި އެއްޗެއް ނުބުނެއެވެ.