ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
STO_Ads
Maldivian_Ads
TTH_Ads
Advertisement

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިމަބިހި ނުވަތަ މީސްލްސް ޖެހުނު މީހުންގެ ޖުމުލަ އަދަދު 186 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، ހަމައެކަނި މިދިޔަ ހަފުތާގައި ވެސް މާލެ ސަރަހައްދުން މި ބަލީގެ 22 ކޭސް ވަނީ ފެނިފައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތަކުން ވެކްސިން ދިނުމުގެ ހާއްސަ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިންގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މި ބައްޔަކީ “މީސްލްސް ވައިރަސް”ގެ ސަބަބުން ފެތުރޭ ބައްޔެއްކަމުން، ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ދޫވާ ޖަރާސީމުންނާއި، ބަލި ޖެހިފައިވާ މީހާ ބޭނުންކުރާ ތަކެތިން ފަސޭހައިން އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ. ގަދައަށް ހުން އައުމާއި، ނޭފަތުން ފެންއައުމާއި، ކިނބިހި އެޅުމާއި، ކެއްސުމާއި، ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމަކީ މި ބަލީގެ އާންމު އަލާމާތްތަކެވެ. މިފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ