ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްއައިވީއާ މެދު އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް އެޗްޕީއޭއިން މައުލޫމާތު އެއްކުރަން ފަށައިފި

Uae
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގައިން ގަޔަށް އަރާ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ)އާ މެދު މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށާއި އާންމުންނަށް އިތުރަށް ބޭނުންވާ މަޢުލޫމާތު ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ މުޖުތަމަޢުގައި އެޗްއައިވީއާ ގުޅޭގޮތުން ހުރި މައުލޫމާތުތަކުގެ ފެންވަރު ވަޒަންކޮށް، އިތުރަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދެނެގަތުމެވެ. މި ގޮތުން އެ އިދާރާއިން ފަށާފައިވާ ޕޯލުގައި ވީހާވެސް ގިނަ މީހުން ބައިވެރިވެ، ޚިޔާލު ޙިއްޞާކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ޕޯލުގައި މައިގަނޑު ތިން ސުވާލެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އެޗްއައިވީއާ ބެހޭގޮތުން އެނގިފައިވާ މިންވަރާއި، ދިވެހިރާއްޖޭގެ ޒުވާނުންނަށް އެކަށީގެންވާ މަޢުލޫމާތު ލިބިފައިވާ ކަމަށް ޤަބޫލުކުރެވޭތޯއާއި، ރާއްޖޭގައި ސިއްރު ހިފެހެއްޓޭ ގޮތަށް އެޗްއައިވީ ޓެސްޓު ކުރެވޭނެ ތަނެއް އެނގޭތޯ ސުވާލުކޮށްފައިވެއެވެ.

HajjCop_ads
Advertisement

އެޗްޕީއޭއަކީ ރާއްޖޭގައި އެޗްއައިވީ ފެތުރުން ހުއްޓުވުމަށާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިދާރާއެކެވެ. މި މަސައްކަތުގެ ތެރޭގައި ބަލި ފެތުރޭ ގޮތްތަކާމެދު އާންމުން ހޭލުންތެރިކުރުވުމާއި، ރައްކާތެރި އާދަކާދަތައް ކުރިއެރުވުމުގެ އިތުރުން ޓެސްޓު ކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ.

ބަލި ކުރީކޮޅު ދެނެގަނެވިއްޖެނަމަ، އެކަށީގެންވާ ފަރުވާ ހޯދުމަށް ފަސޭހަވެ، އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރެވެއެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޞިއްޙަތާ ބެހޭ ވަޒީރު ގީލާ އަލީ ވަނީ ރާއްޖޭގައި މި އަހަރު އަލަށް 22 މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަން ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ވައިރަސް އެންމެ ގިނައިން ފެތުރިފައި ވަނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުންނެވެ.

ރާއްޖޭގައި 1991 ވަނަ އަހަރުން ފެށިގެން މިހާތަނަށް 71 މީހުންނަށް އެޗްއައިވީ ޖެހިފައިވާއިރު، މިހާރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން 53 މީހުންނެވެ. އެޗްއައިވީ ފެތުރޭ މައިގަނޑު ގޮތްތަކުގެ ތެރޭގައި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ވައިރަސް ހުރި ލޭ އެހެން މީހެއްގެ ހަށިގަނޑަށް އެޅުން ނުވަތަ ބޭނުންކޮށްފައިވާ ކަށި ފަދަ ތަކެތި ބޭނުންކުރުން ހިމެނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ