ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތަށް ނުލިބިހުރި ފައިސާގެ ޢަދަދު 14.5 ބިލިޔަނަށް

Mira
TTH_Ads
STO_Ads
Advertisement

ދައުލަތަށް ދައްކަންޖެހޭ ފައިސާއާއި ޓެކުހާއި ކުއްޔާއި ފީތަކުގެ ޖުމް ޢަދަދު 14.5 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކުއާޓަލީ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނުދައްކާ ފައިސާއަށް ވަނީ 600 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެއީ ފަހެއް ހިންސައްތަ އިތުރު އަދަދދެކެވެ. އަހަރު ނިމުނު އިރު ދައުލަތަށް ލިބެންޖެހޭ ނަމަވެސް ނުލިބި ހުރި އަދަދު ހުރީ 13.8 ބިލިއަން ރުފިޔާގައެވެ. ހިސާބުތައް ދައްކާގޮތުން އެންމެ ބޯޑު އަދަދެއް ނުދައްކާހުރީ ޓެކުހުންނެވެ. ޓެކްސްގެ ގޮތުގައި ނުލިބި ހުރި ޢަދަދު 7.8 ބިލިއަން ރުފިޔާ އިން 8.2 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު 2.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ޖީޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ޓީޖީއެސްޓީގެ ގޮތުގައި ނުލިބޭ އަދަދު 1.6 ބިލިއަން ރުފިޔާއަށްވެސް އަރައެވެ.

HajjCop_ads
Advertisement

ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާއަށް ތިން މަސްދުވަހުގެ ތެރޭގައި އިތުރުވެފައެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު އިތުރުވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި 2 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި ހުރި އަދަދު ވަނީ 2.4 ބިލިއަން ރުފިޔާ އިން 3.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dr shaheem

މީރާ މެދުވެރިކޮށް ވަޤުފު ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

mira

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރަންލާރި އެވޯޑް 20 ފަރާތަކަށް ދީފި