ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު “ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ސިފައިންގެ ޚިދުމަތަށް ނެރެފި

Qw
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ގެނައި މި މަނަވަރު ޚިދުމަތަށް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި ޚާއްޞަ މަނަވަރު، “ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ސިފައިންގެ ޚިދުމަތަށް ނެރެދެއްވައިފިއެވެ.

އޮސްޓްރޭލިއާގެ އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި މަނަވަރަކީ ކަނޑުމަތީގެ ސަވައިލަންސް ބެލެހެއްޓުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ އުޅަނދެކެވެ. މިދިޔަ މަހުގެ މެދުތެރޭގައި ރާއްޖެ ގެނައި މި މަނަވަރަކީ އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން 14 ދުވަހުގެ ދިގު ދަތުރަކަށްފަހު ރާއްޖެ ގެނައި އުޅަނދެކެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން މިހާތަނަށް ކުރި އެންމެ ދިގު ކަނޑުދަތުރަށް ވާއިރު، މި އުޅަނދު ދުއްވުމަށްޓަކައި ކޯސްޓްގާޑުގެ ސިފައިން ވަނީ ތިން މަސްދުވަހުގެ ޚާއްޞަ ތަމްރީނުތަކެއް އޮސްޓްރޭލިއާގައި ފުރިހަމަކޮށްފައެވެ.

HajjCop_ads
Advertisement

މި މަނަވަރަށް ނަންދެވިފައިވަނީ 17 ވަނަ ޤަރުނުގައި ރާއްޖޭގެ ދިފާޢީ ކަންކަން ވަރުގަދަކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ރަސްކަލެއް ކަމަށްވާ ސުލްޠާން މުޙައްމަދު ޢިމާދުއްދީން އެކެއްގެ ނަންފުޅަށް ނިސްބަތްކޮށެވެ. މަނަވަރު ޚިދުމަތަށް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، މި ސަރުކާރުން އަސްކަރީ އަދި ކަނޑުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އާ މަނަވަރާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ކޮންމެ މޭލެއް ފަސްޖެހުމެއް ނެތި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސީޖީއެސް އިމާދުއްދީންގެ ސަބަބުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، ވަގުފާރި އަދި ކަނޑުފޭރުން ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. މީގެ އިތުރުން، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި އުޅަނދަކީ ކޯސްޓްގާޑުގެ ޤާބިލުކަން ދެގުނަ ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ޚިދުމަތަށް ނެރުނު އުޅަނދެކެވެ. މީގެ ކުރިން ތުރުކީވިލާތުން ވެސް ވަނީ ކޯސްޓްގާޑް އުޅަނދަކާއި ވައިގެމަގުން ސަރަޙައްދު ބެލެހެއްޓުމަށް ޑްރޯންތަކެއް ހޯދާފައެވެ. މި ހުރިހާ ވަސީލަތްތަކާއެކު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލައިފި

moosun

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި