ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީ މަގުގައި އަލުން ތާރުއެޅުމަށް ބޭނުންވާ ޕްރީ-ކޮންސްޓްރަކްޝަން ސާވޭ ފަށައިފި

43
TTH_Ads
STO_Ads
Advertisement

އަމީނީ މަގުގެ ހުޅަނގުކޮޅުގައި އަލުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެމްޓީސީސީން މިއަދު އެ މަގުގެ ޕްރީ-ކޮންސްޓްރަކްޝަން ސާވޭގެ ދަށުން ކޯ ކަޓިން މަސައްކަތްތައް ފަށައިފިއެވެ.

ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓްތައް ނިންމައި އާންމުންނަށް ހުޅުވާލިތާ ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރުގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ސަރަހައްދުގެ ތާރުގަނޑު މުލިހިތަކެއްހެން އުފުލި، އުޅަނދުފަހަރު ދުއްވަން ނުރައްކާތެރި މިންވަރަކަށް ގޯސްވެފައިވާތީ، އާންމު ރައްޔިތުން ދަނީ އެ ކަމުގެ ދަތިކަން އުފުލަމުންނެވެ.

މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އެމްޓީސީސީން ވަނީ އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ ތާރުގަނޑު އެއްކޮށް ނަގައި، އަންނަ ހަފުތާގެ ތެރޭގައި އަލުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައެވެ. މިއަދު ކުރިއަށްގެންދިޔަ ކޯ ކަޓިން މަސައްކަތުގެ އަލީގައި މަގުގެ އަޑީގެ ހާލަތު ދެނެގަނެ، ފަސްގަނޑާއި ތާރުގެ ފެންވަރު ވަޒަންކޮށް، ދާއިމީ ހައްލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ އެވެ.

HajjCop_ads
Advertisement

އަމީނީ މަގުގެ އިތުރުން މާލޭގެ މުހިންމު އެހެން މަގުތަކެއް ކަމަށްވާ އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގުގެ މަރާމާތުތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިމުމުން، މާލޭގެ ބޮޑެތި މަގުތަކަކީ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ލުއިފަސޭހަ މަގުތަކަކަށް ވެގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP61BjkbcAAregM

މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

Taxi

ޓެކްސީ ލައިން އެޕްލިކޭޝަންގެ މަޢޫލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

WhatsApp Image 2026 08 17 at 09.11.58

ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ ފުޓިންގތަކާއި ޓައި ބީމް ރީބާގެ މަސައްކަތްތައް ނިންމާލައިފި

WhatsApp Image 2026 08 16 at 17.33.06

އެމްއެމްއޭ ކައިރީގައި ގާއިމުކުރި ޕަމްޕު ސްޓޭޝަން ރަސްމީކޮށް ބޭނުންކުރަން ފަށައިފި