ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Qw
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ. މިއީ 17 ފެބްރުއަރީ 2026 ގައި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް، ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ޑރ. ޚަލީލުއްރަޙްމާން ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ދެ ވަޒީރުންގެ މެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާޞަލާތީގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށެވެ. މީގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުން އިތުރަށް ފުޅާކުރުމަށްވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ދެ ޤައުމުގެ ގުޅުން މުހިންމު ދައުރެއް އަދާކުރާއިރު، މި ބައްދަލުވުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދެ ޤައުމުގެ އެއްބާރުލުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

HajjCop_ads
Advertisement

މި ދަތުރުފުޅުގައި ޑރ. ޚަލީލުއްރަޙްމާން ވަނީ ދިވެހި ސަރުކާރުގެ ތިމާވެށީގެ މުހިންމު ސިޔާސަތެއް ކަމަށްވާ ރައީސް މުޢިއްޒު އިފްތިތާޙު ކޮށްދެއްވި “ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް” ގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން އެ މަނިކުފާނު ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވައިދެއްވާފައެވެ. މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޚާރިޖީ އަދި ސިޔާސީ ގުޅުން އާ ހަރުފަތަކަށް ކުރިއަރައިގެން ގޮސްފައިވާކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HOEZsYZbIAEzIEa

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް

466533 91eaddb3 5

ބަންގްލަދޭޝްއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ