ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމަށް ދެ ގައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

Ew
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމާ ގުޅޭގޮތުން، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމްއާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން މާލޭގައި އިއްޔެ ރަސްމީކޮށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތަކަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކޮށް، ކަނޑުދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ މުހިންމު މަޝްވަރާތަކެކެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ ވާހަކަދެކެވިފައެވެ. އޭގެ ތެރޭގައި ހިޖުރަކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ނޫ އިގުތިސާދު އަދި ކަނޑުދަތުރުފަތުރުގެ ގުޅުން ހިމެނެއެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން ވަޒީފާ އަދާކުރާ ގައުމަކަށް ވުމާއެކު، އެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ. ބަންގްލަދޭޝް ސަރުކާރުން މިހާރު ވެސް ދަނީ އެ ގައުމުން ބޭރުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެމުންކަން ފާހަގަކޮށް، ދެ ގައުމުގެ ދެމެދުގައި އިސް ފަންތީގެ ދަތުރުތައް ކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

HajjCop_ads
Advertisement

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ވިދާޅުވި ގޮތުގައި، އެ ގައުމުގެ ސަރުކާރުން ގެންގުޅޭ ބަންގްލަދޭޝްއަށް އިސްކަންދިނުމުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ މުހިންމު ކަމެކެވެ. މި ސިޔާސަތުގެ އަމާޒަކީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި ފައިދާކުރާނެ ފަދަ ގުޅުންތައް ބައިނަލްއަގުވާމީ މައިދާނުގައި ބިނާކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރެވިއްޖެނަމަ، މުދާ އެތެރެކުރުމާއި ބޭރުކުރުމަށް ފަސޭހަވެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރުތަކުގައި ވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭހުގެ ބާވަތްތަކާއި އަންނައުނެވެ. ހަމައެއާއެކު ރާއްޖެއިން ބަންގްލަދޭޝްއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކޮށްފައިވަނީ ކަނޑުމަހުގެ ބާވަތްތަކާއި އެހެނިހެން ބައެއް އުފެއްދުންތަކެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް މީގެ ކުރިން 2021 ވަނަ އަހަރު ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ސީދާ ކޮމާޝަލް ޝިޕިން ލައިނެއް ގާއިމުކުރުމަށް ދެ ގައުމުގެ އިސްވެރިންގެ ފެންވަރުގައި އޭރު ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެކަން އަމަލީ ގޮތުން ފުރިހަމައަށް ތަންފީޒުކުރެވިފައި ނުވާއިރު، އިއްޔެގެ ބައްދަލުވުމުގައި މި މައުޟޫއަށް އަލުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވުމަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެއަށް މުދާ ގެނެސް، ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވައިދޭ ކާގޯގެ ޚިދުމަތް ރާއްޖެއިން މިހާރު ވެސް އަންނަނީ ދެމުންނެވެ. އެހެންކަމުން ސީދާ ޝިޕިން ލައިނެއް ގާއިމުކުރެވިއްޖެނަމަ މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

HOEZsYZbIAEzIEa

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް

466533 91eaddb3 5

ބަންގްލަދޭޝްއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ބަންގްލަދޭޝްގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި