ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

STO_Ads
TTH_Ads
Advertisement

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.

މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާކުރެއްވި ގަސްތައް ރާއްޖެއާއި ރަމްޒީގޮތުން ހަވާލުކޮށްދެއްވީ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންއެވެ.

ރާއްޖޭގެ ފަރާތުން ގަސްތަކާއި ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްއެވެ. ތިން ވަޒީރުންވެސްވަނީ މިއަދު ހަވީރު، ލޮނުޒިޔާރަތްޕާކުގައި ގަސް އިންދަވާދެއްވާފައެވެ.

HajjCop_ads
Advertisement

މި ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ލިބުނު ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބަންގްލަދޭޝްއިން މިފަދަ އެހީތެރިކަމެއް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން ބަންގްލަދޭޝްއާއި ރާއްޖެއާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ގަސްތަކަކީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ފައިދާވާނެކަމެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ބަންގްލަދޭޝް ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއާއި ބަންގްލަދޭޝްއަކީ ތިމާވެށީގެ ނުރައްކާ ބޮޑު ދެ ޤައުމަށް ވާއިރު، މި ގަސްތަކުން ރަމްޒުކޮށްދެނީ ތިމާވެށި ހިމާޔަތްކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތެވެ.

މިއީ ބޭރު ޤައުމަކުން ރާއްޖެއަށް މިހާ ގިނަ އަދަދަކަށް ގަސް ހަދިޔާކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ގަސް ހަދިޔާކުރީ ލަންކާއިންނެވެ.

ބަންގްލަދޭޝްއިން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަސްތަކާއި، މާ އަޅާ ގަސްތަކުގެ އިތުރުން ތަފާތު ވައްތަރުގެ މޭވާ ގަސްތަކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HOEZsYZbIAEzIEa

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް

466533 91eaddb3 5

ބަންގްލަދޭޝްއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ބަންގްލަދޭޝްގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި