ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީގައި ޕެރެސެއިލިން ކުޑައެއް ކަނޑައިގެންގޮސް ދެ ފަތުރުވެރިއަކު މޫދަށް ވެއްޓިއްޖެ

88887
TTH_Ads
STO_Ads
Advertisement

ކ. މާފުށީގައި މިއަދު މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ޕެރެސެއިލިން ކުޑައެއްގެ ޓޯވް ލައިން ކަނޑައިގެންގޮސް، އެ ރަށުގެ ޒިޕްލައިންގައި އަޅައިގަތުމުން އޭގައި ތިބި ޗައިނާގެ ދެ ފަތުރުވެރިއަކު މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ޕެރެސެއިލް ތިރިކުރަން އުޅުމުގެ ތެރޭގައި ވާގަނޑު ކަނޑައިގެން ގޮސް ވަޔާ ދިއުމުގެ ސަބަބުންނެވެ. މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، ވައިގަދަވުމުގެ ސަބަބުން މަޑުމަޑުން ކުޑަ ތިރިކުރަމުން ދަނިކޮށް ކަނޑައިގެންގޮސް އަޅައިގަތީ އެ ރަށާއި ވަށްމާފުއްޓާ ދެމެދު މޫދު މަތިން އަޅާފައިވާ 428 މީޓަރުގެ ދިގު ޒިޕްލައިންގެ ކޭބަލްގައެވެ. މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީން ގާއިމުކޮށްފައިވާ މި ޒިޕްލައިނަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.

މި ހާދިސާ ހިނގި ވަގުތު ކުޑައިގައި ތިބީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. މީގެ ތެރެއިން މޫދަށް ވެއްޓުނު ފިރިހެން މީހާއަށް ކުދި އަނިޔާތަކެއް ވެފައިވީ ނަމަވެސް، އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އިތުރު އެތެރެހަށީގެ އަނިޔާއެއް ވެފައިވޭތޯ ބެލުމަށް މާފުށީ ސިއްހީ މަރުކަޒުން އެކްސްރޭ ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދެ މީހުންނަށް ވެސް ސިއްހީ ފަރުވާ ދެމުންދާ ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

HajjCop_ads
Advertisement

ޖުލައި މަހަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރަކަށް ވާއިރު، މާލެ އަތޮޅުގެ ވައިގެ ބާރުމިން އާންމު ގޮތެއްގައި ގަޑިއަކު 19 ކިލޯމީޓަރާއި 27 ކިލޯމީޓަރާ ދެމެދުގައި ހުންނަ ކަމަށާއި ވިލާގަނޑުގައި މިއަށްވުރެ ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ. މި ދުވަސްވަރު ކަނޑުމަތީގެ ކުޅިވަރުތައް ކުޅުމުގައި މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ފުލުހުން ވަނީ އާންމުންނަށާއި ފަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގުކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މާފުށީ ބޭރުގައި އޮތް ފްލޯޓިން ބާ ސަފާރީއެއް ރަށު ބަނދަރަށް ލައްވައި ފުނޑުފުނޑުވެއްޖެ

Igmh

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

މާފުށީގެ ދެ ސަރަޙައްދު ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި

767

މާފުށީގައި އަލަށް ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފި