ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވަނީ 2 ސެޕްޓެމްބަރ 2026 ގައެވެ.
މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.

މި މަޝްރޫޢުގެ ދަށުން މާފުށިން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އަދި 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރާއި 356 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ނުވަތަ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2021 ވަނަ އަހަރު ވަނީ ނިންމާލާފައެވެ.










ކިޔުންތެރިންގެ ހިޔާލު