ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީ ބަނދަރުގައި މިހާރު ކުރިއަށްދަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް

Big 19MIlWBpuBiDhBq3HHRcddeCA
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކ. މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބަނދަރު ވަށައިގެންވާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.

ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މާފުށީގައި 374 މީޓަރުގެ ބަނދަރެއް ހެދުމަށެވެ. މީގެތެރޭގައި މިހާރުގެ ބަނދަރާއި ބަނދަރަށް އަލަށް އިތުރުކުރާ ބައި ހިމެނެއެވެ. މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 76.48 މިލިޔަން ރުފިޔާއަށެވެ.

5dd3e5f8 9416 4698 adb6 57a47b888ddb

HajjCop_ads
Advertisement

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ގޮސްއައިސްހަދާ މާފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ލަފާ ފުރުމުގެ ދަތިކަމެވެ.

މާފުށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ޒަމާންވީ ބަނދަރެކެވެ. ޑިންގިތަކާއި، ޑައިވިން ދޯނިތަކާއި، ލޯންޗުތައް އިތުރުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑު ރަށެކެވެ. މިއާއެކު ސަރުކާރުންވަނީ އެރަށު ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ މަސައްކަތް މިހާރު ހަލުވި ދުވެލީގައި ބާރަށް ކުރިއަށްދެއެވެ.

މާފުށީ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރު ބޭރު ތޮއްޓަށް ބަދަލު ގެނެސްދިނުމެވެ. މި ކަންބޮޑުވުން އެރަށު ރައްޔިތުންވަނީ އެކި ފަހަރުމަތިން ސަރުކާރާ ހިއްސާކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ  ރައްޔިތުން އެދިފައިވާގޮތަށް ބަދަލު ގެނެސްގެން ބަނދަރުގެ މަސައްކަތްކުރުމަށް ނިންމާފައިވާކަމަށެވެ.

 

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 23 at 10.07.39

ނައިވާދޫ ސުކޫލް މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ނިމުނު އަހަރު އެމްޓީސީސީއަށް 2.1 ބިލިއަނުގެ އާމްދަނީއެއް

mtcc

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާ 69 މިލިއަން ރުފިޔާއަށް އަރައިފި

WhatsApp Image 2026 08 20 at 10.21.43

ދަނގެތީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދަނީ