ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާ

Main 20260107
STO_Ads
TTH_Ads
Advertisement

ހުއްދަނެތި ޜާއްޖެއަށް ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކުރެވޭގޮތަށް ޤަވާއިދު އެކުލަވާލައިފިއެވެ.

އަމަލުކުރަންފެށި ބޭހާ ބެހޭ ޤަވާއިދުގައި ވަނީ ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް ނުވަތަ ލިސްޓެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. މިގޮތުން އެކުލަވައިލާ ރަޖިސްޓްރީ، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެ ރަޖިސްޓްރީއަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭގޮތަށް ރަޖިސްޓްރީ އަދާހަމަ ކުރަމުން ގެންދަންވާނެކަމަށް ޤަވާއިދުގައިވެއެވެ. ނަމަވެސް އެ ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެ ކުރުމަކީ ނުވަތަ އެތެރެ ކުރުމަށް އުޅުމަކީ މަނާ ކަމެކެވެ. މި ޤަވާއިދުގައިވާ ގޮތުން ހުއްދަ ބޭހުގެ ރަޖިސްޓްރީ އެކުލެވިގެން ވަނީ ޑޮކްޓަރީ ބޭހާއި ދިވެހިބަހާއި އޯލްޓަނޭޓިވް ބޭހެވެ. މި ޤަވާއިދުގައި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް ނުވަތަ ބޭހުގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑުގެ މަސައްކަތަށް ބަދަލެއް ގެނެވޭ އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އައު ޤަވާޢިދުގައި ވަނީ، ކޮންޓްރޯލްޑް ޑްރަގްސް އިމްޕޯޓުކޮށް ވިއްކާ، ޑިސްޓްރިބިއުޓްކޮށް އަދި ކޮންޓްރޯލްޑް ޑްރަގްސްއާ ގުޅޭ މި ނޫންވެސް އެންމެހައި މުޢާމަލާތު ކުރަންވާނީ އެމްއެފްޑީއޭއިން އެކަމަށް ދޫކުރާ ޚާއްޞަ ހުއްދައެއް ހޯދުމަށްފަހުގައި ކަމަށެވެ. މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭސް އުފައްދާ ފަރާތްތަކާއ،ި ބޭސް އެތެރެކުރާ ފަރާތްތަކާއ،ި ބޭސް ސަޕްލައިކުރާ ފަރާތްތަކާއ،ި ބޭސް ރައްކައުކޮށް ގުދަންކުރާ ފަރާތްތަކާއ،ި ބޭސް ހޯލްސޭލް ކުރާ ފަރާތްތަކާއ،ި ބޭސް ރިޓެއިލް ކުރާ ފަރާތްތަކާއ،ި ފާމަސީތައް ހިންގާ ފަރާތްތަކާއ،ި ބޭސް ވިއްކާ ފަރާތްތައް އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދަންޖެހެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީ، މި ޤަވާއިދާ އެއްގޮތަށް އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށ،ް ހުއްދަ ލިބިފައިވާ ބޭސްކަމުގައި ވާންޖެހެއެވެ.

HajjCop_ads
Advertisement

މި ޤަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ބޭހެއް އެތެރެކުރެވޭނީ، އެ ބޭހެއް ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ގުދަންތަކުގައި ބޭސް ބަހައްޓައިގެން ބޭނުންކުރާ ގޮތުގެ ތަފުސީލު ކޮންމެ 6 މަސް ދުވަހަކުން އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި ބޭސްގުދަނުގެ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހ،ު އެ ގުދަނުގެ ނަމުގައި ބޭސް އެތެރެ ކުރުމަކީ މަނާކަމެކެވެ.

ރާއްޖޭގައި އެއްވެސް ބޭހެއް އުފައްދައި ޕެކު ކުރަންޖެހެނީ އެމްއެފްޑީއޭގެ ހުއްދައާއެކުގައެވެ. ބޭސް އުފެއްދުމާއި ޕެކުކުރުމަށް ދޭ ހުއްދައިގެ ދަށުން އުފައްދައި ޕެކުކުރާ ބޭސ،ް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދައިގެން ނޫނީ ބަލި މީހުންގެ ފަރުވާއަށް ބޭނުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވެއެވެ. މި މި ޤަވާއިދުގައި ވަކިކަމެއް ކުރަން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ކުރާ ކަންކަމުގައ،ި އެކަމެއް ނުވަތަ އެޢަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމާއެކު އެކަމެއް އިސްލާޙު ކުރުމަށް މުދައްތެއް ދެއެވެ. އަދި 10،000 ރުފިޔާއާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ދޫކޮށްފައިވާ ހުއްދަ 14 ދުވަހާއި 1 އަހަރު ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ލިބިގެންވެއެވެ.

އަދި ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފިނަމަ، އެ ކުންފުންޏެއް ބްލެކް ލިސްޓުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބޭނެ ކަމަށާއި، އެ ފިޔަވަޅު އަޅައިފިނަމަ ޚިދުމަތް ފަށަން އަލުން ރަޖިސްޓްރީކުރަން ހުށަހެޅޭނީ، 6 މަސް ދުވަހުގެ މުއްދަތަކަށްފަހު ކަމަށް ޤަވާއިދުގައިވެއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރާ ތާރީޚުން ފެށިގެން 90 ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. މިއާއެކު  ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތައް އަލުން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

phamacy

ބަރުދަން ލުއިކުރަން އިޝްތިހާރުކުރުން މަނާކޮށްފި

Minister Geela Ali

ދެވުޒާރާ އެއްކުރުމުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ: ޤީލާ

Screenshot 2026 04 07

ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުވުމަށް ޒުވާނުންގެ ޚިޔާލާއި ހަކަތަ މުހިންމު: މާރިޔާ

Original

ޞިއްޙީ ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުން މުހިންމު: ރައީސް