ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ޒަމާނީ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

WhatsApp Image 2026 07 25 at 18.22.08
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލޭގައި ހިންގަމުންދާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މިހާރު އެކި ތަންތަނުގައި ކުއްޔަށް ހިފައިގެންނާއި، ޖާގަ ކުޑަ ބައެއް އިމާރާތްތަކުގައި ހިންގަމުންދާ ކޯޓުތައް މި ކޮމްޕްލެކްސްއާއެކު އެއް ފުރާޅެއްގެ ދަށަށް ގެނެވޭނެއެވެ. މިއީ ޝަރީޢަތްތައް ހިންގުމުގައްޔާއި އާންމުންނަށް ޚިދުމަތް ދިނުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢުވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ދެއްވާފައެވެ. މި މަޝްރޫޢަކީ އެ ވައުދު ފުއްދުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ގުރައިދޫ އެއާޕޯޓް ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި