ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްގީކުރި ބައި ހުޅުވާލައިފި، ވަރަށް ހިތްގައިމު

Ew
ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި މިއަދު ހަވީރު ހުޅުވައިލުމުން ސައިކަލްތަކުގައި މީހުން ބުރުޖަހަނީ.—ފޮޓޯ: ނިޝާން އަލީ| މިހާރު
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނު މަގުގެ އާ ސަރަހައްދު މިއަދު ހަވީރު 4:00 ގައި އާންމުންނަށް ހުޅުވާލައިފިއެވެ. ހަތަރު ލޭނަށް ފުޅާކޮށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަދާފައިވާ މި ސަރަހައްދު ހުޅުވާލީ އުޅަނދުފަހަރަށް ފަސޭހައިން ދަތުރުކުރެވޭނެ ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމުގެ މަޤުޞަދުގައެވެ.

އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، 700 މީޓަރަށް މި މަގު ފުޅާކުރުމަށްފަހު ހުޅުވާލިއިރު، މަގު ފެހިކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ރުކާއި ގަސް ވަނީ އިންދާފައެވެ. އަދި މަގު އާންމުންނަށް ހުޅުވާލި ނަމަވެސް، މަޝްރޫޢާ ގުޅުންހުރި ކުދިކުދި ބައެއް މަސައްކަތްތައް ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން މަގު ހެދީ ފަޅުތެރެއިން ބައެއް ހިއްކައިގެންނެވެ. ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން މަގު ފުޅާކޮށް ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

އަލަށް ހެދި ބައިގައި އުޅަނދުފަހަރު ޕާކުކުރުން މަނާކޮށްފައިވާއިރު، ޕާކުކުރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ 500 ޖާގައިގެ ޚާއްޞަ ޕާކިންގ ޒޯނެއް ތަރައްޤީކޮށްފައެވެ. މިއީ އެއްފަހަރާ ފަސްސަތޭކަ ސައިކަލަށް ޕާކުކުރެވޭނެ ޖާގަ ތަނަވަސް ސަރަހައްދެކެވެ. ސަރުކާރުން މި މަގު ތަރައްޤީކުރުމަށް އަމާޒުހިފާފައިވަނީ ޖާގަ ތަނަވަސް، ރާއްޖޭގެ ޤުދުރަތީ ރީތިކަން ފެންނަ ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށެވެ.

HajjCop_ads
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް މަރުޙަލާގައި ހެދުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އޮތް ބައެވެ. މި ސަރަހައްދުގެ މަސައްކަތް ނިމުމުން، ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ބައި ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ގުރައިދޫ އެއާޕޯޓް ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި