ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ

HN7olzHbEAA8Fao
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު މިއަދުގެ ހަވީރު އާންމުނަށް ހުޅުވާލާނެކަމަށެވެ. އަދި މަގު ހުޅުވާލިނަމަވެސް ބައެއް ކުދިކުދި ކަންކަން ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުންޏެވެ. 700 މީޓަރަށް މަގު ފުޅާކުރުމަށްފަހު ހުޅުވާލާއިރު، އެ މަގު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެހިކުރުމަށް ރުކާއި ގަސް އިންދާފައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މި މަޝްރޫއަކީ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ފެށި މި މަސައްކަތުގެ ދަށުން މިހާރު ވަނީ ތާރު އަޅައި ނިންމާލައި، 500 ސައިކަލް ޕާކުކުރެވޭ ޖާގައެއްވެސް ފަޅު ހިއްކައިގެން ތަރައްގީ ކޮށްފައެވެ. އަދި މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި މާޗު 23 އިން ފެށިގެން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި މަގު އާންމުކޮށް ހުޅުވާލުމުގެ ފަހު ތައްޔާރީތައް ދަނީ ވަމުންނެވެ.

HajjCop_ads
Advertisement

ސަރުކާރުން އަމާޒު ހިފާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު މި މަގު ހުޅުވުމަށެވެ. ބޭނުމަކީ އެއްގަމު އުޅަނދު ފަހަރު ފަސޭހަކަމާއެކު ދުއްވޭ، ޖާގަ ތަނަވަސް، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ