ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި

health ministry
STO_Ads
TTH_Ads
Advertisement

ސައިންޓިފިކް ގޮތުން ސާބިތުނުވާ، ބަރުދަން ލުއިކޮށްދޭ ކަމަށް ބުނާ އުފެއްދުންތައް އިޝްތިހާރުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަލިތަކަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފެއްދުންތައް އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި، ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ހިމަނައިގެން ތަކެތި މާކެޓުކުރުމަކީ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އޮޅި، ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މީހުންނަށް މީގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް އެ އޮތޯރިޓީން އިންޒާރު ދެއެވެ.

ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދާ ހަވާލާދީ އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަގީގަތާ ހިލާފަށް އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށެވެ. އެކި މަންސަތަކުގައި އުފެއްދުންތައް ކުރިއެރުވުމަށް ދައުރުކުރާ މައުލޫމާތުތަކަކީ ވެސް އިޝްތިހާރުގެ ގޮތުގައި ބެލެވޭނެ ކަމަށް އެ އިދާރާއިން ކަނޑައަޅާފައިވެއެވެ.

HajjCop_ads
Advertisement

އެ އޮތޯރިޓީން ވަނީ ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ އުފެއްދުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިންހެޔޮކޮށް ކެއުމަށާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އާދަވެގެން ކަސްރަތުކުރުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވެސް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

phamacy

ބަރުދަން ލުއިކުރަން އިޝްތިހާރުކުރުން މަނާކޮށްފި