ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމު ފީފާއިން އިއުލާނު ކޮށްފިއެވެ.

ޑްރީމް ޓީމު ހޮވަނީ މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ސަޕޯޓަރުންގެ ވޯޓާއެކުއެވެ. ޑްރާމް ޓިމުގެ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކާބޯވޭޑޭގެ ކީޕާރު ވޮޒީނިއާ ހިމެނާފައިވުމެވެ. އޭނާ އާންމުންނަށް އެންމެ ފާހަގަކުރެވުނީ ވޯލްޑްކަޕް ގްރޫޕް ސްޓޭޖުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ސްޕެއިން ހިފަހައްޓަލުމުންނެވެ. އެކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ކާބޯވޭޑޭގެ ކީޕަރެވެ.

ޑްރީމް ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނުނީ ޗެމްޕިއަންކަން ހޯދި ސްޕޭނުންނެވެ. ޑްރީމް ޓީމު އެކުލަވާލާފައިވަނީ ފޯ، ތްރީ،ތްރީ ފޯމޭޝަނަށެވެ.

އިޝްތިހާރު އިޝްތިހާރު

ޑްރީމް ޓީމުގެ ފަހަތުގައި ތިބީ ސްޕޭނުގެ ޕެޑްރޯ ޕޮރޯ އާއި ފައިނަލް ކުޅުނު އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒް އާއި ހަތަރު ވަނަ ހޯދި ފްރާންސްގެ ޑިފެންޑަރު ޑަޔެޓް އުޕަމެކާނޯ އާއި ސްޕޭނުގެ މާކް ކުކުރޭޔާއެވެ. މިޑްފީލްޑަރުންނަކީ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ސްޕޭނުގެ ކެޕްޓަން ރޮޑްރީ އާއި ފްރާންސްގެ މައިކަލް އޮލީސޭ އާއި މުބާރާތުން ތިން ވަނަ ހޯދި އިންގްލޭންޑްގެ ޖޫޑް ބެލިންހަމެވެ. އޭނާ އަކީ މުބާރާތުގެ ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާވެސްމެއެވެ. އަނެއް ކުޅުންތެރިއަކީ ފޯވަޑް ލައިނުން ޖާގަ ހޯދި ނޯވޭގެ އާލިން ހާލަންޑެވެ.

ދެން ފޯވާޑު ލައިންގައި ހިމެނެނީ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީ އާއި މި ފަހަރުގެ މުބާރާތުގެ ރަންބޫޓު ހާސިލްކުރި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނު ސްޕޭނުގެ ކީޕަރު އުނާއީ ސިމޮން އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ސްޕޭނުގެ ޕައު ކުބާސީ އަށް މި ޓީމުން ޖާގަ ލިބިފައިނުވެއެވެ.