ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުމްލަ 24 ދަޅު ބަނގުރަލާއެކު ހުޅުމާލޭން ޒުވާނަކު ހައްޔަރުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ބުރިޖު ދަށުން 24 ދަޅު ބަނގުރަލާއެކު 25 އަހަރުގެ ޒުވާނަކު މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ހިޔާ ފްލެޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަމާން އިބްރާހީމްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ވެމްކޯ ބުރިޖު ދަށުންނެވެ.

މި އޮޕަރޭޝަންގެ ތެރެއިން އެ ޒުވާނާ ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން 24 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ބަނގުރާ ބޭނުންކުރުމާއި، އެ ތަކެތި ގެންގުޅުމުގެ އިތުރުން އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ޒުވާނުން ހައްޔަރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ