ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް އިންވެސްޓްމަންޓުގެ އާ ފުރުސަތުތަކެއް ހުޅުވައިލެވިއްޖެ: ސައީދު

445gf
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް ފަތުރުވެރިކަމުގެ އިތުރުން ގިނަ ފުރުސަތުތަކެއް ހުރިކަމަށާއި، ރާއްޖެއަކީ ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރުކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ބިޒްނަސް ވެބިނާގައި ވާހަކަދައްކަވަމުން، ރާއްޖޭގެ އިޤުތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައި ވީނަމަވެސް، އެއަށްވުރެ ފުޅާ ދާއިރާއެއްގައި އިޤުތިޞާދީ ހަރަކާތްތައް ފުޅާކުރުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އިޤުތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވިކަން ވަރުގަދަކުރުމުގެ ގޮތުން، އިޔާދަކުރަނިވި ހަކަތައާއި، މެރިޓައިމް ޚިދުމަތްތަކާއި، މަސްވެރިކަމާއި، ކާބޯތަކެތި އުފެއްދުމާއި، ޑިޖިޓަލް އިޤުތިޞާދުގެ އިތުރުން އުފެއްދުންތެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރައްކާތެރި އަދި އިތުބާރުހުރި މާހައުލެއް ޤާއިމުކުރުމަށްޓަކައި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު އަމަލުކުރަން ފެށި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނަކީ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޤާނޫނުގެ ދަށުން ގެނެވުނު އިސްލާހުތަކާއެކު، ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް ވިޔަފާރިތައް ޤާއިމުކޮށް ފުޅާކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައި، ޤައުމީ ސަލާމަތަށާއި އެތެރޭގެ މާކެޓުގެ ވާދަވެރިކަމަށް ރިއާޔަތްކޮށް، އިންވެސްޓްކުރުމުގެ އުސޫލުތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަރުދަނާކޮށްފައެވެ.

HajjCop_ads
Advertisement

ދަރަނީގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވީނަމަވެސް، އިޤުތިޞާދީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާއެކު އިންވެސްޓަރުންގެ އިތުބާރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން، ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ ފިޗުން ވަނީ ރާއްޖޭގެ ރޭޓިންގ ‘ސީސީ’ އިން ‘ސީސީސީ މައިނަސް’ އަށް މަތިކޮށްފައެވެ. ސަރުކާރުން މިކަން ސިފަކުރަނީ އިޤުތިޞާދީ ނިޒާމަށް ބޭރުގެ ފަރާތްތަކުން ކުރާ އިތުބާރު އާލާވަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

Saeed

ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކުރުން މުހިންމު: ސައީދު

Minister Saeed

އަގުމަގު: ޕޯޓަލްގައި 2،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓަރީކޮށްފި