ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

88887
STO_Ads
TTH_Ads
Advertisement

މާލެ ސިޓީގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް، އެ ރަށްރަށުގެ ކައުންސިލްތަކަށް މާލެ ސިޓީ ކައުންސިލުން ހިލޭ ޖާގަ ހަމަޖައްސައިދޭން މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާއިން ވަނީ ނިންމާފައެވެ.

މި މުހިންމު ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ނުވަވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ކަމާ ގުޅޭ ހުށަހެޅުން ޖަލްސާއަށް ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. މޭޔަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ޚާއްޞަކޮށް މާލޭގައި ކުއްޔަށް ތަންތަން ހިފުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށް ވުމުން، ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުން އެކަމަށް ފައިސާ ހަމަޖެއްސުމަކީ ވަރަށް އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނިންމުމުގެ ދަށުން، ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕާކުތަކާއި މައިދާންތައް ފަދަ ހުސްތަންތަން ހަމަޖައްސައިދެވޭނެއެވެ. މީގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ސައިފޮދާއި ބުއިންތައް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލޭގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މޭޔަރުގެ މި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް ވަނީ ތާއީދުކުރައްވާފައެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޟްވާން އަލީ ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަކާއި ކަންކަމުގައި މާލޭގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއީލް ހަލީމް ވަނީ މިކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޖާގަ ދޫކުރާނެ މިންގަނޑުތަކާއި ވަގުތުތައް ކަނޑައެޅުމަށް ޚާއްޞަ އުސޫލެއް އެކުލަވައިލުމަށް އޭނާ ބާރުއެޅުއްވިއެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މާލޭގައި އަލަތު ކައިވެނީގެ ވަލީމާއަށް ހިލޭ ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި

Igmh

ވިލިމާލެއިން 37.7 ޓަނުގެ ކުނި ނަގައި، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

Io

މާވެޔޮމަގުގައި ފްރިޖެއް ބެހެއްޓި މީހަކު ހޯދަނީ

Igmh

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް “އާބަން މޮބިލިޓީ ސާވޭ” ފަށައިފި