އަލް- އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ދިން 22 ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.
އަޒްހަރުންދޭ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ގާނޫނާއި ޝަރީއާގެ ރޮނގުން ފަސް ފުރުސަތަކާއި ނެޗުރަލް ސައިންސާއި ހިސާބާއި ތަފާސްހިސާބުތަކުގެ ރޮނގުން 17 ފުރުސަތެވެ.
މި ސްކޮލާޝިޕުގެ ދަށުން ފުރުސަތު ދެނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ފުރިފައި ނުވާ މީހުންނަށެވެ. މީގެ އިތުރަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ މެދުވެރިވެގެން ކިޔަވަން ނަގައިފައިވާ ލޯނުތައް ގަވައިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި ދިވެހި ރައްޔިތެއް ކަމުގައިވުމާއި ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުމަކީ ޝަރުތެކެވެ.

ސްކޮލަޝިޕަށް އެދޭ މީހުން ފޯމާ އެކީ އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީ އާއި އެއިޑްސް އާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދައިފައިވާ މެޑިކަލް ރިޕޯޓުގެ ކޮޕީއާއެކު ކުރި ޕޯޓަލް އަށް، އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ހުށައަޅަން ޖެހެއެވެ.









ކިޔުންތެރިންގެ ހިޔާލު