ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ އަޒީޒާ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ފިޔަވަޅު އަޅަނީ

988
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލޭގެ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ 3:47 ހާއިރުއެވެ. މި ހާދިސާގައި އެ މިސްކިތަށް ވަންނަން ހުންނަ މައި ދޮރުގެ ދެ ދިމާއަކުން ބިއްލޫރިގަނޑު ވަނީ ތަޅައިގެންގޮސްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މިކަމުގެ ސަބަބުން މިސްކިތުގެ ދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަންނަނީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

HajjCop_ads
Advertisement

މިފަދަ އަމަލުތަކަކީ މުޖުތަމައުގެ ހަމަޖެހުމާއި ދީނީ މުއައްސަސާތަކުގެ ހުރުމަތަށް އުނިކަން އަންނަ ކަންކަމަށް ވުމާއެކު، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި