ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

Original
STO_Ads
TTH_Ads
Advertisement

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ރައްޔިތުންނަށް ނޭނގި ނަން ހިމެނުމުގެ ޒަމާންވީ މައްސަލައަށް އީފާސް ނިޒާމު މެދުވެރިކޮށް ދާއިމީ ޙައްލެއް ގެނެސްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަކްރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކާ ގުޅިގެން އީސީން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ގެނައީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ކަމަށެވެ.

އެ ބަދަލުގެ ތެރެއިން “ސިމެދަ” ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް ތަޢާރަފުކޮށް ޕާޓީތަކުގެ ދަފްތަރާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން ފަސޭހަކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ނަމަވެސް ސިމެދަ ޕޯޓަލް ބޭނުންކުރަން ފެށި ފަހުންވެސް ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެ މީހުންގެ ނަން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާ މައްސަލަ އީސީއަށް ހުށަހެޅެމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

އަދި މި މައްސަލަ ދިމާވި ސަބަބާ ގުޅޭ ގޮތުން ޙަސަން ވިދާޅުވީ ޕާޓީތަކުން މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރެވެން ނެތް ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފެތުރިފައި އޮންނައިރު ހުށަހެޅޭ ކޮންމެ ފޯމެއް ވެރިފައިކުރެވޭނެ އެކަށީގެންވާ އިންތިޒާމެއް ކުރިން ހަމަޖެހިފައި ނެތުމަކީ މައިގަނޑު ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ޕާޓީތަކާ ގުޅުމާއި ޕާޓީތަކުން ވަކިވުމުގެ މުޅި ޕްރޮސެސް އީފާސް މެދުވެރިކޮށް ކުރެވޭ ގޮތަށް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

“ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް ތެރެއަށް ނިޒާމު ބަދަލު ގެނައި ފަހުން ނޭނގި ރަޖިސްޓްރީކުރުމުގެ ޝަކުވާއެއް ނާދޭ. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށްވެސް ނާންނާނެކަމެއް. އަޅުގަނޑުމެން ދޭ ޔަގީންކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން،” ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ވަކިވާން އެދޭ މީހުންނަށްވެސް މިހާރު އީފާސްގެ ތެރެއިން ވަކިވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election commission

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް