ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންޓިބަޔޮޓިކްސްގެ ހުރިހާ ބާވަތެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

Igmh
TTH_Ads
STO_Ads
Advertisement

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ރާއްޖޭގައި އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ފުރިހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދިވެހިރާއްޖޭގައި އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ހުންނަންޖެހޭނެ ކަމަށާއި، އެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ބޭސް ފަރުވާއަށް އާންމުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ސިއްހީ ގޮންޖެހުމަކީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑުންކަން ފާހަގަކުރައްވައި، ޑރ. ޝާހު ވިދާޅުވީ މިއީ ދާއިމީ ހައްލެއް ބޭނުންވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ބާވަތްތަކެއް ފަސޭހަކަމާއެކު ރާއްޖެއިން ލިބެން ހުރުން މުހިންމު ކަމަށާއި، އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން މިހާރު ކުރަމުންދާކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރާއްޖޭގައި އާންމުކޮށް ދިމާވާ ބޭހުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ދުރާލައި އާބާދީއަށް ބޭނުންވާ ވަރަށް ގަނޑުކޮށް ބޭސް ގަތުމާއި، ސްޓޮކް މަދުވުމުން އެކަން ވަގުތުން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. ރާއްޖެއިން ނުލިބޭ ބޭސްތައް ހޯދުމުގައި އަމަލުކުރަމުން އައި އުސޫލުތައް ބަދަލުކޮށް، ކުރިމަގުގައި އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ބޭނުންވާނެ ބޭސް އަންދާޒާކޮށްގެން ދުރާލާ އެތެރެކުރުމަށް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން މިހާރު ވަނީ އެސްޓީއޯގެ ދަށުން ހިންގަމުން އައި ހުރިހާ ފާމަސީތަކަކާއި މުވައްޒަފުން އެ ކުންފުނީގެ އޮނިގަނޑުގެ ދަށަށް ގެނެސްފައެވެ. މި ބަދަލާއެކު، މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ކުންފުނިން ވަނީ ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ރަސްމީކޮށް ފަށައި، ފުޅާކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން ފަށާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ސްޓޭޓްފާމާއިން 19 ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފި