ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނިގޮނޑުގައި ރޭ ރޯވި އަލިފާންގަނޑު، އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ގުޅިގެން ކުރި މަސައްކަތުން 10 ގަޑިއިރު ފަހުން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ ރޭ 10:20 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ތިލަފުށީ ފަޔާ ސްޓޭޝަނާއި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަން ފަށާފައެވެ.
ފަޔާ ފައިޓަރުން ގުޅިގެން ކުރެވުނު ބޮޑު މަސައްކަތުން، އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ މިންވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 8:00 ހާއިރުއެވެ. އެހެންނަމަވެސް، އަލިފާނުގެ އަސަރު ކުނިތަކުގެ ތެރޭގައި އަދިވެސް ހުރުމާއެކު، ސިފައިން އަންނަނީ މެދުކެނޑުމެއްނެތި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވެފައިވަނީ ބޮޑު ކުނިގޮނޑެއްގައި ކަމަށްވުމުން، އަލިފާން އެއްކޮށް ނިއްވާލުމަށް އަދިވެސް އިތުރު ވަގުތު ހޭދަވާނެ ކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ. ކުނިތަކުގެ އަޑީގައި އަލިފާން ހުރުމުގެ ފުރުސަތު ބޮޑުކަމުން، މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އޮޕަރޭޝަން ދަނީ ކުރިއަށެވެ.









ކިޔުންތެރިންގެ ހިޔާލު