ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮނޑާފުށި ކައިރިން ގެއްލުނު މަސްވެރިޔަކު ރަށުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިއްޖެ

coastguard MNDF
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އުތުރުގައި އެންވެރިކަމަށް ނުކުމެ އުޅުނު “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލުނު މީހަކު ހދ. ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރިސޯޓެއް ހިންގަމުން އަންނަ ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް ދޯންޏަކުންނެވެ. މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު ހަތަރެއް ޖެހިފަހުންނެވެ. އަދި ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ގެއްލުނު މީހާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޑިންގީއެއްގައި ހަރަކާތްތެރިވަމުންދިޔަ ބަޔަކަށެވެ. އެމީހާ ފެނުނީ ހާދިސާގެ ރިޕޯޓް ލިބުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ފަހުން، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ.

HajjCop_ads
Advertisement

އޭނާއަށް އަވަސް ފަރުވާދިނުމަށްޓަކައި ވަގުތުން ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދެވުނެވެ. އެ މަރުކަޒުން ދިން މައުލޫމާތާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ ފަރުވާ ދިނުމަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Taxi

ޓެކްސީ ލައިން އެޕްލިކޭޝަންގެ މަޢޫލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

ޝަހީދު ޢަލީ ސުކޫލުގެ 45 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފި

Police vcle

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފި

1 Suspect 1 b00623c1a8

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި