ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss
TTH_Ads
STO_Ads
Advertisement

ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ލޯންޗު ހާދިސާގައި އަނިޔާވި އެކަކުގެ އަތް ބުރިވެ، އޭނާ އިތުރު ފަރުވާ ހޯދަން އިންޑިއާއަށް ގޮސްފިއެވެ.

ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. އޭގެ ތެރެއިން ފަސް މީހުން ކަނޑަށް ވެއްޓުނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

އޭގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން މިއަދު ވަނީ، އެ ދެ މީހުން ހޯދުމަށް ކަނޑުމަގުން 3450 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ. އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ.

އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ.

“އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ.” ބަޔާނުގައިވެއެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ އިއްޔެ ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ އެ ހާދިސާގައި އަނިޔާވި އެކަކަކީ އުމުރުން 60 އަހަރުގެ, އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

CP

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި