ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ، މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރަށް "ފެހިލާ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު 16:59 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ދޯނި ކަފު ޖަހައިގެން ގުޅިފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވެސް ވަނީ މެދުރާއްޖެ ތެރެއަށް ވައިޓް އެލާޓް ނެރެފައެވެ.