ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާޖެންޓީނާ ބަލިކޮށް ސްޕެއިން ފުޓުބޯޅައިގެ ރަސްކަމަށް

Main 20260720
STO_Ads
TTH_Ads
Advertisement

ފީފާ ވޯލްޑް ކަޕް ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަން ހޯދައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން ސްޕެއިނުން މޮޅަށް ކުޅުނު ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ސްޕެއިނުން މެޗު ކާމިޔާބުކުރި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ދެވަނަ ހާފުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް އެވެ.

HajjCop_ads
Advertisement

މި މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެގޮތުން ސްޕެއިނުން ލަނޑު ޖެހުމާ ހަމައަށް އާޖެންޓީނާއަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މީގެ އިތުރުން މެޗުގެ ތެރޭގައި އާޖެންޓީނާގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިއީ ސްޕެއިނުން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ސްޕެއިނުން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ނެދަލޭންޑްސް ބަލިކުރުމަށްފަހުއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Transform

ގޮތްހުސްވެ ފީފާގެ ޕްލޭން ހުއްޓުމަކަށް، އިންފަންޓީނޯގެ އެންމެ ބޮޑު ނާކާމިޔާބީ!

Uefa president says turkiye has proven itself as major football host 3220331

ޔޫރަޕްގެ 55 ޤައުމަކުން ވޯލްޑް ކަޕާއި ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓްކޮށްފި

4114

ސުލްހައިގެ އެއްބަސްވުމާއެކު އީރާންގެ ޓީމަށް ލުއިތަކެއް ލިބޭނެ: ފީފާ

Iran world cup arrival

ވޯލްޑް ކަޕް 2026: އިރާން ޓީމު އެމެރިކާ އަށް ދިއުމުން އިރާން ދަރިކޮޅުގެ މުޒާހަރާ