ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުލްހައިގެ އެއްބަސްވުމާއެކު އީރާންގެ ޓީމަށް ލުއިތަކެއް ލިބޭނެ: ފީފާ

4114
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިރާނާއި އެމެރިކާއިން މިހާރު އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފިނަމަ އިރާން ޓީމަށް ލުއިތަކެއް ލިބޭނެކަމަށް ފީފާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ބޮޑު ތަކުލީފެއް އުފުލާ ޓީމަކީ އީރާންގެ ޓީމެވެ. އެހެނީ އެމެރިކާގައި ކުޅޭ މެޗުތަކަށް އެޤައުމުގައި ނުތިބެވި ސްޓޭޝަންކުރަނީ މެކްސިކޯގައިކަމަށްވާތީއެވެ.  މެޗުތައް ކުޅެން އެމެރިކާއަށް އީރާން ޓީމަށް ދަތުކުރުކުރެވެނީ 24 ގަޑިއިރަށްވާ ފަހުންނެވެ. މިއީ އިރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ އާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ކޮށްފައިވާ ކަމެކެވެ. އިރާނުން މިހާރު ވަނީ ސިޔާސީ ގޮތުން އަޅާފައިވާ މިފަދަ ފިޔަވަޅުތައް ފުޓްބޯޅަ މުބާރާތެއްގެ އިންތިޒާމްތަކާ ފުށުއަރާތީވެ ފީފާގައި މައްސަލަ ޖައްސާފަ އެވެ. ނަމަވެސް މިކަމުގައި ފީފާ އަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އިރާނުގެ ކުރިމަތީގައި ފީފާ ތިބެން ޖެހިފައިވަނީ ހިމޭނުންނެވެ.

ފީފާގެ އޮފިޝަލުން ބުނީ އިރާނާއި އެމެރިކާއިން މިހާރު އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފިނަމަ އިރާން ޓީމަށް ލުއިތަކެއް ލިބުން އެކަށީގެންވާ ކަމަށެވެ.އިރާން ޓީމުން ބުނާ ގޮތުގައި އެމެރިކާގައި ތިބެވޭގޮތް ނުވުމުން އެންމެ ބޮޑަށް ދަތިވާ އެއް ކަމަކީ ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވުމެވެ. އަދި ކޮންމެ މެޗަށް ދިގު ދަތުރެއް ކުރަން ޖެހުމާއި ޓީމުގެ މުހިންމު ބައެއް މެމްބަރުންނަށް އެމެރިކާ އަށް އެތެރެވެވޭ ގޮތް ނުވުމަކީ ވެސް މެޗުތަކުގެ އިންތިޒާމްތަކަށް ދަތިވާ ކަމެކެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

Transform

ގޮތްހުސްވެ ފީފާގެ ޕްލޭން ހުއްޓުމަކަށް، އިންފަންޓީނޯގެ އެންމެ ބޮޑު ނާކާމިޔާބީ!

Uefa president says turkiye has proven itself as major football host 3220331

ޔޫރަޕްގެ 55 ޤައުމަކުން ވޯލްޑް ކަޕާއި ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓްކޮށްފި

Main 20260720

އާޖެންޓީނާ ބަލިކޮށް ސްޕެއިން ފުޓުބޯޅައިގެ ރަސްކަމަށް