ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި

bidheyseen
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޤަވާއިދާ ޚިލާފަށް އުޅުނު ބާރަ ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށްފޮނުވާލުމަށް އަންނަނީ ޚާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށްގެން ހިންގާ ރެއިޑް އޮޕްރޭޝަންތައް ހިމެނޭކަމަށް އިމިގްރޭޝަނުން ބުންޏެވެ.

HajjCop_ads
Advertisement

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރާ މަސައްކަތުގެ ދަށުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13ގެ ނިޔަލަށް 12،552 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދުވަނީ، 208،937އަށް މައްޗަށް އަރާފައެވެ. މީގެ އިތުރުން 10 އިނގިލީގެ ނިޝާނާއި، ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދުވެސް ވަނީ 2 ލައްކައިން މައްޗަށް އަރާފައެވެ.

އިމިގްރޭޝަނުން ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް “އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާޙުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ، އިލްތިމާސްކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

426 ބިދޭސީއަކު ފާސްކޮށް، 13 ބިދޭސީން ހައްޔަރުކޮށްފި

5 Suspects 6f43f333ac

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން 9 ބިދޭސީއަކު ހައްޔަރުކޮށްފި