ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވާއިދާ ޚިލާފަށް އުޅެމުންދާ 132 ބިދޭސީއަކު ފުރުވާލަނީ

bideyseen
STO_Ads
TTH_Ads
Advertisement

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 132 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ މަޝްރޫޢެއް މޯލްޑިވްސް އިމިގްރޭޝަނުން، ދިވެހި ފުލުހުންނާއި ގުޅިގެން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، 3 މަރުޙަލާއަކަށް ބަހާލައިގެން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ. ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވުޒާރާއިންވަނީ ފުޅާދާއިރާއެއްގައި މިދިޔަ އަހަރުން ފެށިގެން ކުރިއަށްގެންދަވާފައެވެ. މިމަސައްކަތަށްފަހު ބަޔޯމެޓްރިކްސް އަދާހަމަނުކުރާ 27،000 ބިދޭސީން އެކްސްޕެޓް ސިސްޓަމުން ދައްކާއިރު، އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން އޮތީ ކުރިން އަންގާފައެވެ.

މިގޮތުން ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުންވަނީ ފަށްޓަވާފައެވެ.

HajjCop_ads
Advertisement

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މިމަސައްކަތުގެ ދަށުން މިހާތަނަށް 132 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ. އަދި މިމީހުން އަނބުރާ ޤައުމަށް ފުރުވާލުމުގެ މަސައްކަތް މިހާރުކުރަމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިމަސައްކަތުގެ ދަށުން ވިޔަފާރިތައް ހިންގާ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުންވަނީ، އަންގާރަ ދުވަހު ހުޅުމާލޭ ފޭސް 1ގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. މިއޮޕަރޭޝަންގެ ތެރެއިން 12 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިމިގްރޭޝަނުން ވިދާޅުވީ، މީގެތެރޭގައި ހިމެނެނީ، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި، ބިދޭސީ ރެކްރޫޓްކޮށް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ 3 މީހަކާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 4 މީހަކުކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބިދޭސީންގެ ތެރެއިން 178000އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އާންމުކޮށްފައެވެ. ބިދޭސީންނާއި ގުޅުންހުރި ފީތައް ނުދައްކާތީ 8000 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތައްވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް

immigration

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

HNU6lNGakAAEG6V

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ